ހަބަރު

ރޭ ޒަހަމްކޮށްލި ޒުވާނާގެ ހާލު ރަނގަޅު

ހުޅުމާލޭގައި ރޭ ހިނގި މާރާމާރީގައި ޒަހަމްވި ޒުވާނާގެ ހާލު ރަނގަޅުކަމަށް ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނެފި އެވެ.

ހުޅުމާލޭގައި ރޭ މާރާމާރީއެއްގައި ޒަހަމްކޮށްލާފައިވަނީ 24 އަހަރުގެ ޒުވާނެކެވެ. އެ މާރާމާރީގައި އޭނާގެ ގައިގެ ހަތް ތަނަކަށް ވަޅި ހަރާފައިވާއިރު ރޭ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ހާލު ވަރަށް ސީރިއަސް އެވެ.

އާސަންދަ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ޒަހަމްވެފައިވާ ޒުވާނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި އޭނާގެ ހާލު ސްޓޭބަލް ކަމަށެވެ. ނަމަވެސް އަދިވެސް ހޮސްޕިޓަލުގައި ބާޢްވައިގެން ފަރުވާދެމުންދާ ކަމަށެވެ. ރޭ 9:30 އެހާއިރު ޒުވާނެއްގެ ގަޔަށް ވަޅި ހަރައިގެން އެހޮސްޕިޓަލްގައި ފަރުވާދެމުން ގެންދާ ކަމަށެވެ. އޭނާގެ ހަތް ތަނަކަށް ވަޅި ހަރާފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާސަންދައިން ބުންޏެވެ.