ހަބަރު

ރައީސްގެ ޔާމީންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށް ހުށަހަޅައިފި

Jul 22, 2018
16

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ ތަންތަނާއި އެމަނިކުފާނުގެ ހަވާލުގައިވާ ތަންތަން ބަލައި ފާސްކޮށް، ޖިނާއި ތަހުގީގެއް ހިންގުމަށް ގުޅިފައިވާ ޕާޓީތަކުން މިއަދު ފުލުހަށް ހުށަހަޅައިފި އެވެ.

އިދިކޮޅު ފަރާތްތަކުން އެ މައްސަލަ ފުލުހަަށް ހުށަހެޅީ ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހާމަކުރެއްވި ވާހަކަތަކާ ގުޅިގެންނެވެ. އެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ހިޔާނަތުގެ 80 މިލިއަން ޑޮލަރު ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅަށް ވައްދައި ގުނާފައިވާ ކަމަށާއި އެ ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް އަދީބު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ބުނީ އެފަދަ ވާހަކަތައް އަދީބު ހާމަ ކުރައްވާފައިވާތީ އާއި ރައީސް ޔަމީންގެ އަމިއްލަފުލު އިޢުތިރާފު ލިބިފައިވާ ކަންކަން ހުރުމާއެކު އެ މައްސަލަ ތަހުގީގު ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން އެދިފައި ވާނީ ރައީސް ޔާމީންގެ ދިރުއުޅުއްވާ ތަންތަނާއި، އެމަނިކުފާނުގެ ހަވާލުގައިވާ ތަންތަން ބަލައި ފާސްކޮށް، ސީރިއަސް ކަމާއެކު އެ މައްސަލައިގެ ފުރިހަމަ ޖިނާއީ ތަހުގީގެއް ވަގުތުން ހިންގެވުމަށް ކަމަށެވެ.