ހަބަރު

އައްޑޫގައި މިރޭ ހިނގި މާރަމާރީއާ ގުޅިގެން 10 މީހުން ހައްޔަރުކޮށްފި

Jul 22, 2018
1

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ހިނގި މަރަމާރީއާ ގުޅިގެން 10 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހިތަދޫގައި ދެ ގްރޫޕެއް ދެމެދު މިރޭ މާރަމާރީ ހިނގާފައިވާ ކަމަށާއި އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 9:40 ހާއިރު ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މިހާތަނަށް އެ މައްސަލާގައި 10 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި މި ވަގުތަށް އިތުރު ތަފްސީލެއް ހާމަ ކުރެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިރޭ އައްޑޫގައި ހިނގި މާރަމާރީގައި ދެ ޒުވާނަކަށް ހަމަލާދީ ވަނީ ޒަހަމްކޮށްލައިފަ އެވެ. އަދި އެ މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ އިރު އެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ

މާރަމާރީ ހިނގުމުގެ އިތުރުން ހިތަދޫގައި ދުއްވާފައި ދިޔަ ސައިކަލެއްގައި ވެސް މިރޭ ވަނީ ހުޅުޖަހައި ރޯކޮށްލައިފަ އެވެ. އެ ސައިކަލު ވަނީ މުޅިން އަނދާ ހުލިފަ އެވެ.