ހަބަރު

ހުޅުމާލޭގައި ޒުވާނެއްގެ ބޮލަށް ވަޅި ހަރައިފި

ހުޅުމާލޭގައި ޒުވާނެއްގެ ބޮލަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ. މިރޭގެ މާރާމާރީގައި ޒަހަމްވެފައިވަނީ 22 އަހަރުގެ ފިރިހެނަކަށެވެ.

އޭނާއަށް ފަރުވާދެމުންދާ ހުޅުމާލެ ހޮސްޕިޓަލް ހިންގާ އަސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާސިޔާ ސޯލިހު ވިދާޅުވީ، ބޮލަށް ޒަހަމް ލިބިގެން އެ ހޮސްޕިޓަލަށް ގެނައި ޒުވާނަށް ފަރުވާ ދީފައިވާ ކަމަށާއި އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމަށެވެ.

މި މާރާމާރީ ހިނގާފައިވަނީ މިރޭ 9:30 ހާއިރު އެވެ.

މިރޭ ޒުވާނެއްގެ ބޮލަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވާއިރު މިދިޔަ ހަފުތާގެ ތެރޭގައި ހުޅުމާލޭގައި ތިން މަރާމާރީއެއްގައި ތިން ޒުވާނަކު ޒަހަމްކޮށްލާފައިވެ އެވެ. މި މާރާމާރީތަކާ ގުޅިގެން ބަޔަކު ހައްޔަރުކުރި ކަމެއް ސާފެއް ނުވެ އެވެ.