ހަބަރު

ގާ އަޅާ މެޝިނަކަށް ވެއްޓި ބިދޭސީއަކު މަރުވެއްޖެ

ލ. އަތޮޅުގައި ހަދަމުން އަންނަ ރިސޯޓެއްގައި ކަމަށްވާ ފަރެސްގައި މަސައްކަތް ކުރި ބިދޭސީއަކު ގާ އަޅާ މެޝިނެއްގެ ތެރެއަށް ވެއްޓި ލިބުނު އަނިޔާގައި މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ލ. އަތޮޅުގައި ހަަދަމުންދާ ރިސޯޓެއްގައި ގާ އަޅަން މަސައްކަތް ކުރަމުން ދިޔަ އުމުރުން 37 އަހަރުގެ ބިދޭސީ ފިރިހެނަކު އެ ރިސޯޓުގައި ބޭނުން ކުރި ގާއަޅާ މެޝިނެއްގެ ތެރެއަށް ވެއްޓި މަރުވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 8:30 ގައި ލިބިފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގާފައި ވަނީ ލ އަތޮޅުގައި އޮންނަ ފަރެސް ނަމަކަށް ކިޔާ ފަޅު ރަށެއްގަ އެވެ. މަރުވި ބިދޭސީ މީހާގެ ހަށިގަނޑު މިހާރު ލ. ގަމަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.