ހަބަރު

އެންސިސްގެ ފައިސާ ފޭރިގެން އިތުރު 2 މީހަކު ހައްޔަރުކޮށްފި

Aug 12, 2018
2
ހުޅުމާލެ
0%
0%
0%

މަސް އެކްސްޕޯޓު ކުރަމުން އަންނަ އެންސިސްގެ ދެ މިލިއަން ރުފިޔާ ފޭރުނު މައްސަލާގައި އިތުރު ދެ މީހަކު ހައްޔަަރުކޮށްފި އެވެ.

ހުޅުމާލޭގައި އެންސިސްގެ ދެ މުއައްޒަފަކު ފައިސާ ހިފައިގެން މަގު މަގުމައްޗައް ނިކުތުމުން ދެ މިލިއަން ރުފިޔާ ފޭރިގެންފައި ވަނީ މިދިޔަ މަހު 31 ވަނަ ދުވަހު އެވެ. އެ މައްސަލާގައި މީގެ ކުރިން ފުލުހުން ވަނީ އެ ކުންފުނީގެ ދެ މުއައްޒަފަކު ވެސް ހައްޔަރުކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "އަވަސް"އަށް ވިދާޅުވީ ހުޅުމާލޭފައި ފޭރުނު މައްސަލާގައި މިދިޔަ އަންގާރަ އަދި ބުދަ ދުވަހުގެ ތެރޭގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރާއި 20 އަހަރުގެ ދެ މީހުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެންސިސް އިން ބުނި ގޮތުގައި ފައިސާ ހިފައިގެން ކުންފުނީގެ މުއައްޒަފުން ބޭރަށް ނިކުތް ގަޑީ ފައިސާ ފޭރިގެންފައި ވަނީ މޫނު ނިވާކޮށްގެން ސައިކަލުގައި ތިބި ދެ މީހުން ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި ސީސީޓީވީއަށް ފޭރިގަންނަ މަންޒަރު އަރާނެ ކަމަށް ކުންފުނިން ވަނީ ބުނެފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345