ހުޅުމާލޭގައި މީހެއްގެ އަތުން ފޭރުނު އަތް ދަބަހެއް ހޯދައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭގެ ފްލެޓެއް ކައިރިން އަންހެނެއްގެ އަތް ދަބަސް ފޭރުނު މައްސަލައެއް މިއަދު ފުލުހަށް ރިޕޯޓް ކުރުމުން އާންމު މީހެއްގެ އެހީއާއެކު އެ އަތްދަބަސް ހޯދައި ވެރި ފަރާތަށް ރައްދު ކޮށްދީފައިވާ ކަމަށެވެ.
އަދި އެ މައްސަލާގައި ތުހުމަތުވި 23 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކު ހުޅުމާލެއިން މިއަދު ހަވީރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.