ހަބަރު

މާލެ އަތޮޅުގެ ބައެއް ރަށްރަށަށް އިބޫ މިއަދު ވަޑައިގަންނަވަނީ

މާލެ އަތޮޅުގެ ބައެއް ރަށްރަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވަޑައިގެންނެވުމަށް
ހަމަޖެހިއްޖެ އެވެ.

އިބޫ މިއަދު ވަޑައިގަންނަވާނީ ގުރައިދޫ ދާއިރާގެ ރަށްތަކަށެވެ. އެއީ ގުޅި، މާފުށި އަދި ގުރައިދޫ އެވެ. އެ ތިން ރަށަށް މިއަދު އިބޫ ވަޑައިގެން ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާނެ އެވެ.

ހދ. އަތޮޅުގެ މިހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށްފަހު އިބޫ މާލެ ވަޑައިގެންނެވީ އަންގާރަ ދުވަހު އެވެ. އިއްޔެ މާލޭގައި ދޮރުން ދޮރަށް އިބޫ ހިންގަވާފައިވާއިރު ރޭ ޒުވާނުންގެ ޖަގަހައެއް ވެސް ވަނީ ހުޅުވައިދެއްވާފަ އެވެ.

މީގެކުރިން ކެމްޕެއިންގައި އިބޫ ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ބ. އަތޮޅު، ތ. އަތޮޅު އަދި ލ. އަތޮޅަށް ވަޑައިގެންފަ އެވެ.