ހަބަރު

ނ. އަތޮޅަށް އިބޫ ދަތުރު ފައްޓަވައިފި

ކެމްޕެއިން ކުރެއްވުމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ނ. އަތޮޅަށް ދަތުރު ފައްޓަވައިފި އެވެ.

އިބޫ މިހާރު ނ. މަނަދޫއަށް ދަތުރު ކުރައްވަމުންދާއިރު އެ ރަށުގެ އިތުރުން މަގޫދޫ. ޅޮހި އަދި މިލަދޫއަށް މިއަދު ވަޑައިގަންނަވާނެ އެވެ. މިލަދޫގައި މިރޭ ޖަލްސާ ބާއްވާނެ އެވެ.

ނ. އަތޮޅު ދަތުރު ނިންމާލުމަށްފަހު އިބޫ މާދަމާ ރ. އަތޮޅުގެ ރަށްތަކަށް ވެސް ދަތުރު ފައްޓަވާނެ އެވެ.

އިބޫ މިހާތަނަށް ވަނީ ހދ. އަތޮޅުގެ ހުރިހާ ރަށަކާއި ބ. އަތޮޅާއި ލ. އަތޮޅާއި ތ. އަތޮޅުގެ ގިނަ ރަށްތަކަށް ވަޑައިގެންފަ އެވެ. އަދި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ވެސް ވަޑައިގެންފައިވެ އެވެ.