ހަބަރު

އާގިލްގެ މަރުގެ މައްސަލައިގައި ހޯދަމުންދިޔަ މީހަ އަމިއްލަ އަށް ފުލުހުންނާ ހަވާލުވެއްޖެ

ގްރީން ޒޯންގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހަމަލާދީ ޒުވާނަކު މަރާލި މައްސަލާގައި ހޯދަމުންދިޔަ މީހާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.

ރަހުމް ކުޑަ ގޮތަކަށް އެމްއެމްއޭ ކައިރިން ކަރަށް ވަޅި ހަރައި މަރާލާފައިވަނީ ގދ. ފަރެސްމާތޮޑާއަށް އުފަން އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލެވެ. އެކަމާ މާރާމާރީއާ ގުޅިގެން، ހޯދަން އިއުލާންކުރީ، ލ. ފޮނަދޫ، ހިޔާ، އުމުރުން 18 އަހަރުގެ ހަމްދޫން ހަމްޒަތު އެވެ.

ފުލުހުންގެ އިދާރާއިން ބުނީ ހަމްޒަތު ހޯދަމުންދަނިކޮށް، އޭނާ އަމިއްލަ އަށް ހޯމަ ދުވަހުގެ ރޭ ފުލުހުންގެ އިދާރައަށް ހާޒިރުވެފައިވާ ކަމަށެވެ. އަދި ފުލުހުންގެ އިދާރާއަށް ހާޒިރުވުމާއެކު ފުލުހުން އޭނާ ހައްޔަރަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.

އާގިލް މަރާލި މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.