ހަބަރު

ހިޔާ މަޝްރޫއުގެ ފްލެޓް ލިބޭ މީހުން އަދި ނުހޮވާ: ހައުސިން

ބޯހިޔާވަހިކަން ރައްޔިތުންނަށް ކަށަވަރުކުރުމަށް ސަރުކާރުން ފަށާފައިވާ "ހިޔާ ޕްރޮޖެކްޓް" ގެ ފްލެޓްތަކަށް މީހުން ހޮވަން އަދި ނުފަށާ ކަމަށާއި އެހެންކަމުން އެ މަށްރޫއުގެ ފްލެޓެއް އެއްވެސް ފަރާތަކަށް ދީ ލިޔުމެއް ފޮނުވާފައި ނުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތައް ބަޔަކަށް ދީ، ފްލެޓް ލިބުނު ކަމުގެ ލިޔުން ބައެއް މީހުންނަށް ހަވާލުކުރަމުންދާ ކަމަށް ބުނެ ފެތުރޭ ވާހަކަތައް ގޮދުކޮށް މިނިސްޓްރީއިން މިއަދު ނެރުނު ބަޔާޏެއްގައި ބުނީ، މިނިސްޓްރީން އެފަދަ އެއްވެސް ލިޔުމެއް އެއްވެސް ފަރާޓަކަށް ފޮނުވާފައި ނުވާނެ ކަމަސެވެ. އަދި އެ ވާހަކަ ތަކަކީ ކަނޑައެޅިގެން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ބަޔަކު ހިންގާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދުކުރާ ފްލެޓްތައް ލިބިފައިވާ ކަމަށް އަންގައި ހައުސިން މިނިސްޓްރީގެ ނަމުގައި ބަޔަކަށް ސިޓީތަކެއް ފޮނުވަމުންދާ ކަމަށް އަޑު ފެތުރިފައިވާއިރު، އެ މަޝްރޫއުގެ ފްލެޓްތަކަށް ފޯމް ހުށަހެޅުމުގެ ސުންގަޑި އަކީ ވެސް މިމަހުގެ 30 އެވެ.

މިނިސްޓްރީ އިން ބުނީ، ހިޔާ ފްލެޓްތަކަށް މީހުން ހޮވުމުގެ މަސައްކަތް އަދި ނުފަށާ ކަމަށެވެ. އެހެން ނަމަވެސް މީގެ ކުރިން ވެސް އިއުލާޏްކޮށްފައިވާ ގޮތަށް ގުޅީފަޅުން ގޯތި ދޫކޮށްފައިވާ ފަރާތްތަކާއި މާލެ ގްރޭންޑާއި މާލެ ސްކޮއާ އިން ފްލެޓް ތަކަށް ހޮވުނު ފަރާޓތްަކުގެ ތެރެއިން ފައިސާ ދެއްކުމުގެ ދަތިކަން ހުރި ފަރާތްތަކަށް ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެކަން އަންގައި އެކަން ޔަގީންކޮށްދޭން އެ މިނިސްޓްރީން ސިޓީ ތަކެއް ފޮނުވި ކަމަށެވެ. އެނޫން އެއްވެސް ސިޓީއެއް އެ މަޝްރޫއާ ގުޅިގެން އެއްވެސް ފަރާތަކަށް ފޮނުވާފައި ނުވާކަމަށް ވެސް ބުންޏެވެ. އަދި ރައްޔިތުންގެ މަޗްލަހަތާ ގުޅިފައިވާ އެފަދަ ކަންކަމުގެ މައުލޫމާތު ރަނގަޅަށް އޮޅުން ނުފިލުވައި ނުފެތުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ހިޔާ ފްލެޓްތަކަށް ފޯމް ހުށަހެޅުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާއިރު، ރަސްމީ ދުވަސްތަކުގައި ހައުސިން އިން ގެންދަނީ ފޯމްތައް ބަލައިގަންނަމުންނެވެ. ނަމަވެސް މިއަދު 6:00 އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ހެނދުނާ ހަމައަށް ފްލެޓް ފޯމް ބަލައިގަތުން ވެސް މެދުކަނޑާލާގޮތަށް އެ މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ.