ގާނޫނީ ވަކީލުން

ވަކީލް ސިރާޖް ބަންދުން ދޫކޮށްލައިފި

21 ސެޕްޓެމްބަރު 2018: ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖް ކުރިމިނަލް ކޯޓުން މުއްދަތު ޖެހުމަށްފަހު ދޫނިދޫ އަށް ގެންދަނީ - މުހައްމަދު އަފްރާހް | އަވަސް
100%
0%
0%

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލް މޫސާ ސިރާޖް ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ. ސިރާޖް ބައްދުން ދޫކޮށްލީ، ސިރާޖް އިތުރަށް ބަންދުކޮށްފައި ބަހައްޓަން ބޭނުން ނޫން ކަމަށް ފުލުހުން މިއަދު ކޯޓަށް އެންގުމުންނެވެ. ސިރާޖް ބަންދުކޮށްފައި ހުރީ ހަ ދުވަހަށެވެ.

ސިރާޖު ހައްޔަރުކުރަން ނެރުނު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރީ ރައީސް އަބްދުﷲ ޔާމީން ޖިނާއީ ކުށެއްކުރި ކަމަށް ތުހުމަތުކުރެވޭ ގޮތަށް އަދީބާ ހަވާލާދީ ވާހަކަތަކެއް ފަތުރާ ކަމުގެ ތުހުމަތުގަ އެވެ.

އަމުރުގައިވާ ގޮތުން އަދީބާ ހަވާލާދީ ސިރާޖު ޝާއިއުކޮށް ރިޕޯޓްކޮށްފައިވަނީ ސާބިތު ނުހިފޭ ވާހަކަތަކެވެ. އަދި ހަޑި ހުތުރު ބަހުން ލިޔުންތައް ތައްޔާރުކުރާ ކަމުގެ ތުހުމަތު ވެސް ސިރާޖުގެ މައްޗަށް ފުލުހުން ވަނީ ކޮށްފަ އެވެ.

ސިރާޖަކީ އަދީބުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ ވެސް ވަކީލްކަން ކުރައްވާ ބޭފުޅެކެވެ. އަދި އެމްޑީޕީގައި އިސްކޮށް އުޅުއްވާ ވަކީލެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910