ހއ. އުތީމުގައި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު ވަޅުގަނޑަކަށް ވެއްޓުމުން ފަރުވާ ދެނިކޮށް މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އުތީމުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އެ މީހާ ވަޅުގަނޑަކަށް ވެއްޓުމާ ގުޅިގެން އޭނާއަށް އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދެމުން ގެންދިޔަ ކަމަށެވެ. އެއަށް ފަހު ދިއްދޫއަށް ބަދަލުކޮށް ފަރުވާދެމުން ގެންދަނިކޮށް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 10:30 ގަ އެވެ. އޭނާ ވެއްޓުނީ މަސައްކަތް ކުރުމަށް ކޮނެފައިވާ ވަޅުގަނޑެއްގެ ކައިރީ ހުއްޓާ ފަސްގަނޑު ކަނޑައިގެން ގޮސްގެން އެވެ.