ހަބަރު

އިބޫ ފުލުސް ކޮމިޝަނަރާ ބައްދަލު ކުރައްވައިފި

Oct 7, 2018
5

އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި އިންތިހާބީ ރައީސް ފައިސަލް ނަސީމް މިއަދު ފުލުހުންގެ ކޮމިޝަނަރު ހަމްދޫން ރަޝީދުއާ ބައްދަލު ކުރައްވައިފި އެވެ.

އެދެބޭފުޅުން ޕޮލިސް ކޮމިޝަނަރާ ބައްދަލު ކުރެއްވީ ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެން އާދަމް ބިލްޑިންގަށް ވަޑައިގެން އެވެ. އެ ބައްދަލުވުން އޮތީ މިއަދު ހެނދުނު 11:00ގަ އެވެ. އިބޫ އާއި ފައިސަލްގެ އަރިހުގައި، ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަދި ކިބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ރައީސް ނަޝީދުގެ ސަރުކާރުގައި ސިއްރު ފުލުހުންގެ ވެރިއަކަށް ހުންނެވި، މުހައްމަދު ހަމީދު، އެމްސީ ހަމީދު ބައިވެރިވެ ވަޑައިގަތެވެ. އެ ބައްދަލުވުމުގެ ތަފްސީލެއް ފުލުހުން ވެސް އަދި ހާމައެއް ނުކުރެ އެވެ.

ހަމްދޫން ރަޝީދު ސީޕީގެ މަގާމަށް ހަމަޖެއްސީ، ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާވެސް އިއުލާން ކުރި ފަހުން އެވެ. ހަމްދޫން ރަޝީދުއާ އިންތިހާބީ ރައީސް ބައްދަލު ކުރެއްވި އިރު އެކްޓިން ކޮމިޝަނަރަކަށް މީގެ ކުރިން ހުންނެވި، އަބްދުﷲ ނަވާޒު ވެސް ވަނީ އިބޫއަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައި އިބޫއާ ބައްދަލު ކުރައްވައިފަ އެވެ. އަދި ފުލުހުންނާއި ސިފައިން ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް ވެރިކަން ބަދަލުކުރުމުގެ މަރުހަލާ އޮމާންކޮށް ގެންދަން އިންތިހާބީ ރައީސްއަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.