ވިޔަފާރި

އިވޯވް: ދެ ޖިންސަށް ހިތް ގައިމު ޖިމެއް

އިވޯވް ފިޓްނަސްގެ ނަމުގައި ދެ ޖިންސުގެ ހުރިހާ އުމުރެއްގެ މީހުންނަށް ހާއްސަ ޖިމެއް ހިތް ގައިމު މާހައުލަކާއެކު މާލޭގައި ހުޅުވައިފި އެވެ.

އަބާގެ ގަރާޖު އިންނަ މަގުން ގޮސް އަނޯނާ ގޯޅިއަށް އަޅާލާ ކަންމަތީގައި ފިނިފެން ޖަންބުގޭގައި ހުޅުވާފައިވާ މި ޖިމް ފަރުމާކޮށްފައިވަނީ ހިތް ހަމަ ޖެހިލައިގެން ގޮސް ދެ ޖިންސުގެ މީހުންނަށް ވެސް ކަސްރަތު ކޮށްލެވޭނެ ތަނަވަސް މާހައުލެއް އޮންނާނެ ގޮތަށެވެ. ސިއްހަތަށް ފައިދާހުރި ކެއުންތައް ލިބޭ ކެފޭއަކާއެކު ހުޅުވި މި ޖިމްގައި އެންމެ ޒަމާނީ ޖިމް ސާމާނު ވަނީ ބަހައްޓައިފަ އެވެ.

އިވޯވް ފިޓްނަސް ޖިމްގެ ސީނިއަ އޮފިޝަލަކު ވިދާޅުވީ މި ޖިމް ފަރުމާ ކުރުމުގައި ވިސްނީ ފިޓްނަސް އަށް އިތުރު ޗޭންޖެއް ގެނައުމަށް ތަފާތު ކޮންސެޕްޓެއް ފެންނާނެ ގޮތަކަށް ކަމަށެވެ.

"ކޮންސެޕްޓް ތަފާތު ކޮށްލާފަ މިވަނީ. ހަމައެކަނި ބޮޑީ ބިލްޑިން އަކަށް ނޫން މި ތަން [އިވޯވް] ހާއްސަ ވާނީ. ހެލްތް އެންޑް ވެލްބީން އަށް ވެސް ހާއްސަ ވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ބޮޑު ޖާގައެއް ހިތް ގައިމު ފަރުމާ

އިހުގެ "ވިންޓޭޖް" ކޮންސެޕްޓަކަށް ޑިޒައިން ކޮށްފައިވާ ޖިމްގައި އެއްވެސް ދަތިކަމެއް ނެތި އެއް ފަހަރާ 40 މީހުންނަށް ކަސްރަތު ކޮށްލެވޭނެ ޖާގަ އޮވެ އެވެ. މީގެ އިތުރުން އިވޯވް ފިޓްނަސްގައި ކާޑިއޯ އަށް ދުވެލަން އަންނަ މީހުންނަށް ހާއްސަ 6 ޓްރެޑްމިލް އާއި ފަސް ބައިސްކަލް ހުރެ އެވެ. އެމެރިކާގެ "މެޓްރިކްސް" ޖިމް އިކްއިޕްމަންޓް ހުރި މި ޖިމްގައި ތަފާތު ވެއިޓާއި މި ނޫން ވެސް ސާމާނުތައް ހިމެނެ އެވެ. އަދި ދެ ޖިންސުގެ މީހުންނަށް ވަކިން ޗޭންޖިން ރޫމް އާއި ލޮކަރު ވެސް ހުރެ އެވެ.

އިވޯވްގެ ފޭސްބުކް ޕޭޖް

އިވޯވުން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިތުރު އާ ސާމާނު އިތުރު ކުރުމުގެ ޕްލޭންތައް އެބަހުރި ކަމަށެވެ.

"ވޯކް އައުޓެއް ހަދަން އަންނަ މީހަކަށް ބޭނުންވާނެ ހުރިހާ ސާމާނެއް މިތަނުގައި ހުންނާނެ. މިހާރު މިތަނުގައި މި ހުރި ޖިމް އިކުއިޕްމަންޓަކީ ހަމަ އެންމެ އެކަށީގެންވާ ސާމާނު. ހުރިހާ ވޯކް އައުޓެއް ވެސް މި ތަނުގައި ހެދޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

ސެޓިފައިޑް ޓްރެއިނަރުންގެ އެހީ

ދެ ޖިންސަށް ހާއްސަކޮށް މި ޖިމްގައި މިވަގުތު ހަ ޓްރެއިނަރަކު މަސައްކަތް ކުރެ އެވެ. މި ހުރިހާ ޓްރެއިނަރުންނަކީ ވެސް ސެޓިފައިޑް މީހުންނެވެ. މިގޮތުން އަބަދު ވެސް ގަޑިއެއްގެ ތެރޭގައި ދެ ޓްރެއިނާސް ތިބޭނެ ޖިމްގެ ތެރޭގައި ތިބޭނެ ވެ. އަދި ޕާސަނަލް ޓްރެއިނިން ނަގަން ބޭނުންނަމަ އެ ހިދުމަތް ވެސް ދެވޭނެ އެވެ. ޕީޓީގެ އަގުތައް ހުރީ [ޕާސަނަލް ޓްރެއިނިން] 2،000ރ. އިން ނެވެ. އަދި އިވޯވް ފިޓްނަސް އިން މަސައްކަތް ކުރަނީ އަންނަ ހަފުތާ މުޅިންއާ ޕީޓީއެއް ރާއްޖެއަށް ތައާރަފު ކުރުމަށެވެ.

އަންހެން ކުދިންނަށް ސްޓޫޑިއޯ ކްލާސް

އިވޯވް ފިޓްނަސްގައި ހަމައެކަނި ހުންނާނީ ޖިމް އެކަންޏެއް ވެސް ނޫނެވެ. މި ޖިމުން މަސައްކަތް ކުރަނީ "ކްރޮސްފިޓް" ޕްރޮގްރާމްގެ ނަމުގައި ތަފާތު ޕްރޮގްރާމެއް ތައާރަފު ކުރަން ތައްޔާރުވަމުންނެވެ.

ޖިމްއާއެކު ކެފޭއެއް

އިވޯވް ޖިމުގެ ތެރޭގައި ކުޑަ ކެފޭއެއް ހުރެ އެވެ. މިތަނުން ތަފާތު ހެލްތީ ސާމާނު ތައްޔާރު ކޮށްދޭނެ އެވެ. މި ތަން ފަރުމާކޮށްފައިވަނީ ޕްރޮޓީން ފަދަ އަގު ބޮޑު ސަޕްލިމެންޓްތަކުގެ ބޮޑެތި ފުޅި ގަންނަން ދަތިވާ މީހުންނަށް ވެސް މި ތަކެތި ހެޔޮ އަގުގައި ފޯރުކޮށްދެވޭ ގޮތަށެވެ. މި ކެފޭ އިން ހެލްތީ ބްރެކްފާސްޓްތާއި ބައެއް ކުދި ކެއުންތައް ލިބެން ހުރެ އެވެ. އަދި މިތަނުގައި 100 ޕަސެންޓް ޕީނަޓު ބަޓާ އާއި ކޮފީ ފަދަ ބުއިންތައް ވެސް ލިބެން ހުންނާނެ އެވެ.