ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ހުކުމް ރިވިއު ކުރަން ޕީޖީއިން ސުޕްރީމް ކޯޓްގައި އެދިއްޖެ

Oct 28, 2018
10
ރައީސް ނަޝީދު: ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް ބުނި
50%
16.7%
33.3%

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ރިވިއު ކުރަން ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ކުރިމިނަލް ކޯޓުން ރައީސް ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރީ ދައުލަތުންނެވެ. އެ ކޯޓުން ވަނީ އެ ހުކުމް ރަނގަޅު ކަމަށް ނިންމާފަ އެވެ. އޭގެފަހުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ވެސް ދައުލަތުންނެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ވަނީ 13 އަހަރުގެ ޖަލު ހުކުމް ރަނގަޅު ކަމަށް ބުނެ އެއީ ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.

ރައީސް ނަޝީދުގެ ފަރާތުން އިސްތިއުނާފުގެ ހައްގުގެ ބޭނުން ހިފާފައެއް ނުވެ އެވެ. އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުމަށް ނިންމަވާފައިވާއިރު ބައެއް ފަރާތްތަކުން ދިޔައީ ހުކުމް ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ރައީސް ނަޝީދަށް ގޮވާލައްވަމުންނެވެ. ރައީސް ނަޝީދަށް ތާއިދު ކުރާ ފަރާތްތަކުން ދިޔައީ އެ މައްސަލަ ރިވިއުއަށް ހުށަހަޅަން ޖެހޭނީ ދައުލަތުން ކަމަށް ބުނަމުންނެވެ.

މިއަދު ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން ފާހަގަކުރެވޭ ކަންކަން ބަލައިދިނުމަށް ރައީސް ނަޝީދުގެ މަސްލަހަތުގައި އެކިފަރާތްތަކުން އެ އޮފީހުގައި އެދެމުންދާ ކަމަށެވެ. އެ މައްސަލަ ރިވިއު ކުރަން ހުށަހެޅީ އެއީ އާންމު މަސްލަހަ ދަރަޖައަކަށް ހިމެނިގެންވާ މައްސަލައެއް ކަމަށް ފެންނާތީ ކަމަށެވެ.

"ޕްރޮސިކިއުޓާ ޖެނެރަލްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓަކުން އިއްވާފައިވާ ހުކުމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް އިސްތިއުނާފްކުރަން ހުށަހެޅުމާއި، ގާނޫނު އަސާސީގެ އެންމެހާ ހަމަތަކާއި، ގާނޫނާއި، އެންމެހާ ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުން ބަޔާންކޮށްފައި އޮތްއޮތުމަށް ރިއާޔަތްކޮށް، ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ހުކުމާއި، މި މައްސަލައާ ގުޅޭ ގޮތުން ނިންމަވާފައިވާ ހައިކޯޓުގެ ނިންމެވުން އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމެވުން މުރާޖައާކޮށްދެއްވުން އެދި މިއޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ވާނީ ހުށަހަޅާފަ،" ބަޔާނުގައިވެ އެވެ.

ޖަލުގައި ހުންނެވި ރައީސް ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން އެމަނިކުފާނު ރާއްޖެ ވަޑައިނުގަންނަވަ އެވެ.

ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭރުގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މުހައްމަދު 2012 ޖަނަވަރީ 16 ވަނަ ދުވަހުގެ ރޭ ގާނޫނު އަސާސީގެ 46 ވަނަ މާއްދާއާ ހިލާފަށް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށް ރަހީނުކޮށް، ގާނޫނީ ނިޒާމުގެ ތެރެއިން ގެއްލުވާލައި، ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން އޭނާގެ ކިބައިން ނިގުޅައިގަތް މައްސަލާގަ އެވެ. އަދި އަބްދުﷲ މުހައްމަދަކީ ފަނޑިޔާރެއް ކަމަށްވީހިނދު، ފަނޑިޔާރުންގެ ގާނޫނުން ފަނޑިޔާރުންނަށް ލިބިދޭ އިމްތިޔާޒް ގެއްލުވާލައި، ރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް 22 ދުވަސް ވަންދެން ސިފައިންގެ ތަމްރީން މަރުކަޒެއްކަމުގައިވާ ގިރިފުށީގައި ބަހައްޓާފައިހުރި މައްސަލަގަ އެވެ.

10 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ވެންއިޓް

ނަޝީދުގެ ޓެރަރިޒަމްގެ ހުކުމް މުރާޖައާ ކޮށްދިނުމަށް ޕީޖީން ސުޕްރީމް ކޯޓަށް ހުށަހަޅައިފި ނަމަ ސުވާލަކީ ޕީޖީ އަށް ފެންނަނީ އެކަނި ކެނެރީގެ ނަޝީދުގެ ކޭސްތޭ ކޮބާތޭ އާންމު ރައްޔިތުން ނާއި މެދު އެގޮތަށް ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ތައް މުރާޖައާ ކުރަން ޕީޖީ އޮފީހުން އެދިފައި ޕީޖީ އޮފީހަކީ އެއީ ކެނެރީގެ ނަޝީދުގެ ވަކީލުންނެއް ނޫނޭ އާންމު ގޮތެއް ގައި ތިޔާ ޒާތުގެ ކަންކަން ކުރަން ޖެހޭނީ ކްލަޔަންޓްގެ ވަކީލުންނޭ ޕީޖީ ކޮންފްލިކްޓް އޮފް އިންޓަރެސްޓް ދޯ.

އަކުމަދު

ކުށްކުރި އޭނަ އެކަމަކު އިންސާފަކަށް ނޫން ޖަލައް ލީކީ

ޑިމޮކުރަސީ

ކުއްސާބިތު ކުރެވޭ ވަރުގެ ހެއްކެއް ނެތޭ ކިޔާފަ ދޫ ކޮއްލާނެ ވަރަށް ސާފް މިކަން

ޖާޑި

ކީއްވެހޭ ނާޒިމް ސަރ ދޫނުކުރަންވީ އަނނިޔަކީ ބޮޑް އަނިޔާވެރިއެއް ކޯޓުނވަނީ މައުމޫނު 2ފަނޑިޔާރުން ގާސުމް އަމީންފައިސްލް ފާރިސް މިނިވަންކޮށްފަ ނާޒިމް ސާރ އަކީ ފުރޭމްކޮށްގެން ޖަަށްލާފައިވަ އިނަސަންޓް މީހެއް އަންނިއޯކޭ އަނނިވަނީ ބޭރުގަހުރެގެން ބަޢާވތްކޮ އް މިގައުމަށް ގައްދާރުވެފަ އަންނި.އަށް ހަގު އަދަބުދޭންޖެހޭ އަދި 25 އަހަަރު ޖަލަށް ލާންޖެހޭ ނާޒިމްސާ މިހާރުންމިހާރަށްމިނިވަން ކުރަން ޖެޙެ

ދަލީ

ސާބަހޭ ކުށެއް ކުރި އެކަކުވެސް ނެތް. ޖަލުތައް ސާފުކޮށް ނަމާދުގެތައް އަޅަންވި. ދެން ކުރިއަށް އޮތް ތަނުގައި ކުށްކުރާ މީހެއް ނުވެސް ހުންނާނެ.

އނ

ނަސީދަށް ހުކުމްކުރީ ކުށެއް ކޮށްގެނެއް ނޫން.. ޔާމީން ބިރުން.. އެންމެފަހުން ޖަލަށްލީމަވެސް އަންނިގެ ކިބައިން ސަލާމަތްނުވެފަ މި އޮތީ..

އަކުމަދު

ކުށް ވަރަށް ސާފު އަބުޅޯ ކަޓުވާލީ

އާދަނު

މިއަދު ޕީޖީ ބަދަލުވީތޯ. ތިޔަ މަގާމް ދިފާއުކުރައްވަން މަސައްކަތް ފެއްޓެވީތޯ. ޕީ އަށް ވެސް ކޮންމެވެސް ވަރުގަދަ ނުފޫޒެއް ކުރިން ފޯރާފައޮތީބާ؟ ރައްޔިތުން ގެ މިސުވާލުތަކަށް ޕީޛި ޖަވާޞުދާރީވާޏްޖެހޭނެ؟

އަހްމަދު

އިންސާފަށް ލޯބިކުރަށްވާ މަށްސަލައެއްރިވިއުކުރަން ހުށަހަޅާނަމަ ފުރަތަމަ ހުށަހަޅަންޖެހޭނީ ކާނަލްނާޒިމްގެމަށްސަލަ ނަޝީދަކީ ކުށެއްކޮށްގެން ހުކުމެއްއައިސްފަވާމީހެއް އަޑުގަދަމީހާރުއްގިނަވާއުސޫލުން ސަރުޢީދާއިރާގަ ކަންކަން ހިގާނސމަ އެއީ ހިތާމަހުރިކަމެއް ބިސާމްވެސް އިންސާފަށްލޯބިކުރަންޖެހޭނެ

ހާމާނު

އިންސާފެއް ރާއްޖޭގާ ނެތޭ. ކެހިވެރިވީ މަހުޖަނެކޭ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910