ހަބަރު

ކުރިމިނަލް ކޯޓުން ހަސަން ސައީދު މިނިވަންކޮށްފި

ހަސަން ސައީދު މީގެކުރިން ކޯޓަށް ހާޒިރުކުރަން މާލެ ގެންނަނީ: އޭނާ ވަނީ މިނިވަންކޮށްފަ - އަހުމަދު ޝުރާއު | އަވަސް
0%
0%
0%

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހައްޔަރުކުރި، އޭރުގެ ޖުޑީޝިއަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ކުރިމިނަލް ކޯޓުން މިއަދު މިނިވަންކޮށްފި އެވެ.

ހަސަން ސައީދު ހުންނެވީ ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާ ސާބިތުވެގެން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއްގަ އެވެ. މިދިޔަ ޖުލައި މަހު އިއްވި އެ ހުކުމްގެ މުއްދަތު ވަނީ ހަމަވެފަ އެވެ.

ހުކުމްގެ މުއްދަތު ހަމަވި ނަމަވެސް އޭނާ ބަންދުން ދޫކޮށްނުލައި ހުރީ އޭނާގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާގައި ޝަރީއަތް ނިމެންދެން ބަންދުކުރަން އުމުރުކޮށްފައިވާތީ އެވެ. މިއަދު އެ އަމުރު ރިވިއުކުރަން ބޭއްވި އަޑުއެހުމުގައި ކޯޓުން ނިންމީ އޭނާ ދޫކޮށްލުމަށެވެ.

ހަސަން ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމް މިހާރު އޭނާގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ވެސް ކޮށްފަ އެވެ.

މިއަދު ކުރިމިނަލް ކޯޓުން ހަސަން ސައީދު ދޫކޮށްލުމާއެކު އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ހައްޔަރުކުރި ބޭފުޅުންގެ ތެރެއިން ޖަލުގައި ތިއްބެވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910