ވިޔަފާރި

ޑަބްލިއުޓީއެމްގައި ޓީޓީއެމް އިޝްތިހާރު ކުރަން ގިނަ މަސައްކަތްތަކެއް

Nov 6, 2018
1

ވޯލްޑް ޓްރެވަލް މާކެޓު (ޑަބްލިއުޓީއެމް) ގައި ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) އިޝްތިހާރު ކުރަން ގިނަ މަސައްކަތްތަކެއް ފަށައިފި އެވެ.

ރާއްޖޭގައި ބޭއްވި ފުރަތަމަ ޓޫރިޒަމް ފެއާ ކަމަށްވާ ޓީޓީއެމް އިންތިޒާމު ކުރި މޯލްޑިވްސް ގަޓަވޭސްއިން ލަންޑަންގައި ދަނީ ފެއާ އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޑަބްލިއުޓީއެމްގެ ރާއްޖޭގެ ސްޓޯލުގައި ޓީޓީއެމް އިޝްތިހާރު ކުރުމަށް ހާއްސަކޮށްފައިވާ ލީފްލެޓްތައް ވެސް ދަނީ ބަހަމުންނެވެ.

އެކްސެލް ލަންޑަންގައި ހުރި ރާއްޖޭގެ ސްޓޯލުގައި ޓީޓީއެމްގެ އިޝްތިހާރެއް ވަނީ ޖަހާފަ އެވެ.

ފެއާ އިންތިޒާމު ކުރާ ގެޓަވޭސްގެ ސީއީއޯ ޑރ. ހުސެއިން ސަނީ ވިދާޅުވީ ފެއާ ކުރިއަށްދާއިރު ޓްރެވަލް އެޖެންޓުންނާ ބައްދަލުކޮށް ފެއާއަށް ވީހާވެސް ގިނަ އެޖެންޓުން ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޓީޓީއެމް ފެއާ މިހާތަނަށް ދެ އަހަރު ވަނީ ބާއްވާފަ އެވެ. މި އަހަރުގެ ޓީޓީއެމް ފެއާގައި 157 ރިސޯޓާއި ހޮޓާ އަދި 200 ޓްރެވަލް އެޖެންޓުން ބައިވެރިވެފައިވެފައިވެ އެވެ.