ވިޔަފާރި

ކިހާ މޯލްޑިވްސް ވަކިން ނުކުމެ ރާއްޖެ އިޝްތިހާރު ކޮށްފި

ލަންޑަން 7، ނޮވެމްބަރު 2018: ކިހާ މޯލްޑިވްސްގެ ސްޓޯލް- އަވަސް ފޮޓޯ: މުހައްމަދު އަފްރާހު
0%
0%
0%

ކިހާ މޯލްޑިވްސް ރިސޯޓް އަމިއްލައަށް ސްޓޯލެއް ނަގައި ވޯލްޑް ޓްރެވަލް މާކެޓު (ޑަބްލިއުޓީއެމް)ގައި ރާއްޖެ އިޝްތިހާރު ކޮށްފި އެވެ.

ކިހާ މޯލްޑިވްސްގެ ސޭލްސް މެނޭޖަރު އަބްދުﷲ ޝުޖާއު ޑަބްލިއުޓީއެމް ސްޓޯލުގައި ހުންނަވާ "އަވަސް" އަށް ވިދާޅުވީ އެ ރިސޯޓުން އަމިއްލަ ގޮތުން ބައިވެރިވީ އެޖެންޓުންގެ އެދުމަކަށް ކަމަށެވެ.

"ވަރަށް ބޮޑު އެއްޗެއް ދީގެން އަމިއްލަ ގޮތުން ބައިވެރިވީ ޓްރެވަލްއެޖެންޓުންގެ އެދިލެއްވުމަކަށް. އެއީ ހުރިހާ މީހުން އެއްތަނެއްގައި ތިބޭއިރު ވަރަށް ބާރު ބޮޑުވޭ މީހުން ގިނަވީމަ. އެހެންވީމަ މީޓިންތައް ބޭއްވުމަށް ބައެއް ފަހަރު ދަތިވޭ. އެކަމުން ސަލާމަތްވާން މި ގޮތަށް ބައިވެރިވީ،" ޝުޖާއު ވިދާޅުވި އެވެ.

ލަންޑަން 7، ނޮވެމްބަރު 2018: ކިހާ މޯލްޑިވްސްގެ ސްޓޯލް- އަވަސް ފޮޓޯ: މުހައްމަދު އަފްރާހު

ކިހާ މޯލްޑިވްސްއިން ވަނީ ޑަބްލިއުޓީއެމްއަށް އަންނަ މީހުންގެ މެދުގައި ކޫޕަނެއް ފުރައިގެން އިނާމުތަކެއް ވެސް ދެމުންނެވެ. އެގޮތުން "ސޭ އައިލަވް މޯލްޑިވްސް" ގެ ނަމުގައި ކުރިއަށް ގެންދާ ގުރުއަތުގެ އެއްވަނަ އިނާމެއްގެ ގޮތުގައި ދެނީ ހަތް ރޭގެ އެ ރިސޯޓުގައި ހުރުމެވެ. މީގެ އިތުރުން ދެވަނަ އިނާމަކަށް ފަސްރޭގެ ހުރުން ލިބޭއިރު ތިންވަނަ އިނާމެއްގެ ގޮތުގައި ތިން ރޭ ލިބޭނެ އެވެ. ލަކީޑްރޯއަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345