ވިޔަފާރި

މި އަހަރު 12 ފެއާއެއްގައި މަޓާޓޯ ބައިވެރިވެއްޖެ

ލަންޑަން 6، ނޮވެމްބަރު 2018: ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓުގެ ރާއްޖޭގެ ސްޓޯލް- ފޮޓޯ: މުހައްމަދު އަފްރާހު| އަވަސް
0%
0%
0%

ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން މި އަހަރު 12 ފެއާއެއްގައި ރާއްޖެ އިޝްތިހާރުކޮށްފި އެވެ.

މަޓާޓޯގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަސްރާ ނަސީމް ވިދާޅުވީ ޑަބްލިއުޓީއެމްއާއެކު މި އަހަރު 12 ފެއާއެއްގައި ބައިވެރިވެފައިވާއިރު، އެ ޖަމިއްޔާ އަމިއްލަ ގޮތުންވެސް ފެއާތަކަށް ގޮސްފައިވާނެ ކަމަށެވެ.

"ފެއާތަކުގެ އިތުރުން ރޯޑް ޝޯވްތައް ވެސް ހިމެނޭނެ. އަޅުގަނޑުމެން އަމިއްލަ ގޮތުން ދިޔަ. ބޮޑަށް މި ބަލަނީ ސައުތް އީސްޓް އޭޝިއާއަށް. މީގެ އިތުރުން އިންޑިޔާ މާކެޓު ވެސް،" އަސްރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ވޭތުވެދިޔަ ދެ އަހަރުތެރޭގައި މާކެޓިން ބަޖެޓު ކުޑަނަމަވެސް އާ ސަރުކާރުން ރަނގަޅު މާކެޓިން ބަޖެޓެއް އެމްއެމްޕީއާރުސީ އަށް ދީފިނަމަ ކުރިއެރުން ލިބޭނެ ކަމަށެވެ.

މަޓާޓޯއިން ކުރިއަށް ގެންދިޔަ ރޯޑްޝޯއެއްގެ ތެރެއިން- ފޮޓޯ: މަޓާޓޯ

"ބަޖެޓް ކަޓްޑައުން ކުރީމަ ވަރަށް ގެއްލުންވެފައިވަނީ. ނަމަވެސް މިހާރު ބަޖެޓު ދޭނެ ކަމަށް ބުނެފައިވަނީ އާ ސަރުކާރުން. މިއީ ރަނގަޅު ކަމެއް،" އަސްރާ ވިދާޅުވި އެވެ.

މަޓާޓޯ އިން ވަނީ މިހާރު ލަންޑަންގައި ކުރިއަށްދާ ޑަބްލިއުޓީއެމްގައި ވެސް ރާއްޖެ އިޝްތިހާރު ކުރަމުންނެވެ. މިގޮތުން މި އަހަރުގެ ފެއާގައި އެ ޖަމިއްޔާއިން ނެރެން ތައްޔާރުވާ އޮފިޝަލް މެގަޒިން އާއި ކަލަންޑަރު އިޝްތިހާރު ކުރަމުންދެ އެވެ. އަދި މީގެ އިތުރުން ޓްރެވަލް އެވޯޑު އިޝްތިހާރު ކުރަން ގިނަ ހަރަކާތްތަކެއް ހިންގާފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345