ރިޕޯޓް

އެންމެންގެ ހިތް ރާއްޖޭގެ ކޮތަޅަށް!

Nov 11, 2018
2
ލަންޑަން 7، ނޮވެމްބަރު 2018: ޑަބްލިއުޓީއެމް ފެއާގެ ރާއްޖޭގެ ސްޓޯލުގައި ޕްރޮމޯޝަން މެޓީރިއަލްތައް ބަހަނީ: ގިނަ ބަޔަކު ރާއްޖޭގެ ޕްރޮމޯޝަން މެޓީރިއަލްގެ ގޮތުގައި ބޭނުންކުރާ ކޮތަޅު ހޯދަން ބޭނުންވޭ- ފޮޓޯ: މުހައްމަދު އަފްރާހު | އަވަސް
0%
0%
0%

ލަންޑަނުގެ ފިނިމިން މައިނަސްގައި ހުއްޓަސް މަގުމަތިން ފެންނަ މީހުން މަދެއް ނޫނެވެ. ވިޔަފާރިކުރުމާއި އާއްމު ދިރިއުޅުމުގެ ބޭނުންތަކުގަ އެވެ. އެ ބޭނުމުގައި އަހަރެން ވެސް ދިޔައީ ގިނަ މީހުން ދާ އޮސްފޯޑް ސްޓްރީޓަށެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ތަފާތު އެއްޗެކެވެ. ރާއްޖެ އިޝްތިހާރު ކުރުމުގައި ބޭނުންކުރާ އެއް މެޓީރިއަލް ކަމަވާ ކޮތަޅެއް ހިފައިގެން މީހަކު ހިނގާލާފައި ދަނީއެވެ. ބެލެވޭ ގޮތުގައި އެ ހިފައިގެން އެ ދިޔައީ ވިޔަފާރި ކުރުމަށެވެ. މިއީ ނިމިގެން ދިޔަ ވޯލްޑް ޓްރެވަލް މާކެޓުގައި ގިނަ ބަޔަކު ބޭނުންވި އެއްޗަކަށްވި އެވެ. އެންމެންގެ ހިތުގައި މި ފަހަރު ވެސް އޮތީ ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮމޯޝަން ކޮތަޅެވެ.

ރާއްޖެ އިޝްތިހާރު ކުރުމުގައި ބޭނުން ކުރަން ތަފާތު މެޓީރިއަލްތައް ނެރެފައިވެ އެވެ. މީގެތެރޭގައި ފަންސުރާއި ގަލަން އަދި ތަޅުދަނޑި ފައްޗާއި ފޮޓޯ ކާޑު ފަދަ ތަކެތި ހިމެނެ އެވެ. ނަމަވެސް މި ހުރިހާ އެއްޗަކަށް ވުރެ ވެސް ގިނަ މީހުން ބޭނުންވީ މި ކޮތަޅެވެ.

ރާއްޖޭގެ ސްޓޯލް ކައިރިއަށް ގޮސް ހުރި ޔޫކްރެން ރައްޔިތެއް ކަމަށްވާ އެލައިނާ ބުނި ގޮތުގައި ރާއްޖެއަކީ އޭނާ އެންމެ ދާން ބޭނުންވާ އެއް ގައުމެވެ. އެހެންވެ، ރާއްޖޭގެ ކޮތަޅު ގަންނަނީ އެއީ ރާއްޖޭގެ ރީތި މަންޒަރުތައް ފެންނަ އެއްޗެއް ހަނދާނަކަށް ވާތީ އެ ރައްކާ ކުރުމަށް ކަމަށް އޭނާ ބުންޏެވެ.

ލަންޑަން 7، ނޮވެމްބަރު 2018: ޑަބްލިއުޓީއެމް ފެއާގެ ރާއްޖޭގެ ސްޓޯލުގައި ޕްރޮމޯޝަން މެޓީރިއަލްތައް ބަހަނީ: ގިނަ ބަޔަކު ރާއްޖޭގެ ޕްރޮމޯޝަން މެޓީރިއަލްގެ ގޮތުގައި ބޭނުންކުރާ ކޮތަޅު ހޯދަން ބޭނުންވޭ- ފޮޓޯ: މުހައްމަދު އަފްރާހު | އަވަސް

"ވަރަށް ބޭނުން ވޭ ރާއްޖެ ދާން. އެކަމަކު އަދި ނުދެވެނީ. އެކަމަކު މި ކޮތަޅުން ރާއްޖޭގެ ހަނދާންތައް އަބަދު ވެސް އާވާނެ. ކޮންމެ ދުވަހަކު ވެސް ވިޔަފާރި ކުރަން ދާނީ މި [ދިވެހި ކޮތަޅު] ހިފައިގެން. މިއީ ހާއްސަ ހަދިޔާއެއް،" 34އ، ގެ އެލައިނާ ބުންޏެވެ.

ނޫލާއި ހުދު އަދި ފެހި ކުލައި ހިމެނޭ ގޮތަށް ރާއްޖޭގެ މާހައުލު ދައްކުވައިދޭ މި ކޮތަޅު އެމްއެމްޕީއާރުސީން އިން ހިލޭ ބަހާ އެއްޗެވެ. އެހެންވެ، ގިނަ ބަޔަކު އަބަދު ވެސް ރާއްޖޭގެ ސްޓޯލުގެ ކައިރީގައި ކިޔޫ ހަދާފައި ތިބެނީ މި ކޮތަޅު ހޯދުމަށެވެ.

ދިވެހި ސްޓޯލަށް ގޮސްހުރި މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ޒިކްރީ ބުނީ މުޅި ޑަބްލިއުޓީއެމްއަށް ބަލާއިރު އެންމެ ދާން ބޭނުންވާ މަންޒިލަކީ ރާއްޖެ ކަމަށެވެ. އަދި އެންމެ ހާއްސަ ހަދިޔާއަކީ ރާއްޖޭގެ ޕްރޮމޯޝަން ކޮތަޅު ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ޕްލޭން ކޮށްގެން މި އުޅެނީ 2019 ގެ މެދުތެރޭ ރާއްޖެ ދާން. އިރާދުކުރެއްވިއްޔާ ދާނަން އާއިލާއާއެކު. އެހެންވެ މިތަނަށް އައީ ވެސް. މިކޮތަޅު މި ހޯދީ ވެސް އެހެންވެ. މިދިޔަ އަހަރު އަހަރެން ދިޔައީ ލަންކާ އަށް،" މުހައްމަދު ބުންޏެވެ.

ލަންޑަން 7، ނޮވެމްބަރު 2018: ޑަބްލިއުޓީއެމް ފެއާގެ ރާއްޖޭގެ ސްޓޯލުގައި ޕްރޮމޯޝަން މެޓީރިއަލްތައް ބަހަނީ: ގިނަ ބަޔަކު ރާއްޖޭގެ ޕްރޮމޯޝަން މެޓީރިއަލްގެ ގޮތުގައި ބޭނުންކުރާ ކޮތަޅު ހޯދަން ބޭނުންވޭ- ފޮޓޯ: މުހައްމަދު އަފްރާހު | އަވަސް

ލަންޑަންގެ އެކްސެލް ކޮންވެންޝަން ސެންޓަރުގައި ކުރިއަށް ދިޔަ ޑަބްލިއުޓީއެމް ފެއާގެ ތިން ވަނަ ދުވަސް ހާއްސަކޮށްފައި އޮންނަނީ އާއްމުންނަށެވެ. އެހެންވެ އެ ދުވަހު ގިނަ އަދަދެއްގެ ޔުނިވާސިޓީ އަދި ކޮލެޖުތަކުގެ ދަރިވަރުން މިތަނަށް އާދެ އެވެ. އެ ދުވަހު ޑަބްލިއުޓީއެމްއަށް ގޮސް ތަފާތު މައުލޫމާތު ސާފު ކުރެ އެވެ. މީގެތެރޭގައި ޓްރެވަލް އެންޑް ޓޫރިޒަމް ކިޔަވާ ކުދިންނާއި ހިސްޓީ ފަދަ މާއްދާތަކާއި ވިޔަފާރިއާ ގުޅުންހުރި މާއްދާތައް ކިޔަވާ ކުދިން ވެސް ހިމެނެ އެވެ. މި ހުރިހާ ކުދިން ވެސް އެންމެ ޝައުގުވެރިވާ އެއް މެޓީރިއަލްއަކަށް ފެނިގެން ދިޔައީ ރާއްޖޭގެ ކެމްޕޭން މެޓީރިއަލްގެ ގޮތުގައި ބޭނުންކުރާ ކޮތަޅެވެ. އެންމެންގެ ހިތް އޮތީ ރާއްޖޭގެ ކޮތަޅުގަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345