ހަބަރު

ހުކުމް ރިވިއު ކުރަން ނަޝީދުގެ ފަރާތުން ޖަވާބު ހުށަހަޅައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ރިވިއު ކުރަން ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ރައީސް ނަޝީދުގެ ފަރާތުން ޖަވާބު މިއަދު ހުށަހަޅައިފި އެވެ.

ރައީސް ނަޝީދުގެ ވަކީލް ހިސާން ހުސެއިން މިއަދު ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތުން މިއަދު ސުޕްރީމް ކޯޓަށް ޖަވާބު ހުށަހަޅާފައިވާ ކަމަށެވެ.

ޕީޖީ ހުށަހެޅި މައްސަލަ ބަލަމުންދާތީ، ސުޕްރީމް ކޯޓުން ވަނީ ރައީސް ނަޝީދު މިނިވަން ކުރަން އަމުރުކޮށްފަ އެވެ. އެ މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ހުކުމް ތަންފީޒުކުރުން ވަނީ ފަސްކޮށްފަ އެވެ.

ކުރިމިނަލް ކޯޓުން ރައީސް ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރީ ދައުލަތުންނެވެ. އެ ކޯޓުން ވަނީ އެ ހުކުމް ރަނގަޅު ކަމަށް ނިންމާފަ އެވެ. އޭގެފަހުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ވެސް ދައުލަތުންނެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ވަނީ 13 އަހަރުގެ ޖަލު ހުކުމް ރަނގަޅު ކަމަށް ބުނެ އެއީ ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.