ހަބަރު

ނަޝީދުގެ ހުކުމާ ގުޅޭ ގޮތުން މާދަމާ ގޮތް ނިންމަނީ

ރައީސް ނަޝީދު: މާދަމާ ހުކުމް އިއްވަން ވަނީ ތާވަލްކޮށްފަ - މުހައްމަދު އަފްރާހް | އަވަސް
0%
100%
0%

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މާދަމާ ހުކުމް އިއްވުމަށް ތާވަލުކޮށްފި އެވެ.

ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭރުގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށް ރަހީނުކޮށްގެން ގެންގުޅުނު މައްސަލާގައި ކުށް ސާބިތުވެގެންނެވެ.

އެ ހުކުމް އިސްތިއުނާފުކުރުމުގެ ހައްގު ރައީސް ނަޝީދު ބޭނުންފުޅު ކުރައްވާފައެއް ނުވެ އެވެ. ކުރިމިނަލް ކޯޓުން ރައީސް ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރީ ދައުލަތުންނެވެ. އެ ކޯޓުން ވަނީ އެ ހުކުމް ރަނގަޅު ކަމަށް ނިންމާފަ އެވެ. އޭގެ ފަހުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ވެސް ދައުލަތުންނެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ވަނީ 13 އަހަރުގެ ޖަލު ހުކުމް ރަނގަޅު ކަމަށް ބުނެ އެއީ ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.

ޕީޖީގެ ފަރާތުން އެ މައްސަލަ ރިވިއުކުރަން ހުށަހެޅީ ރިޔާސީ އިންތިހާބަށްފަހު އެވެ. އެކަމަށް އޭރު ގިނަ ބަޔަކު ޕީޖީގައި އެދެމުން ވެސް ދިޔަ އެވެ. އެ މައްސަލާގައި ބޭއްވީ އެންމެ އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ދެ ފަރާތުން ވެސް ވަނީ ވާހަކަ ދައްކާފަ އެވެ.

އަޑުއެހުމުގައި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ މައްސަލަ ރިވިއުކުރަން ހުށަހެޅީ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން ފާހަގަކުރެވޭ ކަންކަން ބަލައިދިނުމަށް ރައީސް ނަޝީދުގެ މަސްލަހަތުގައި އެކި ފަރާތްތަކުން ތަކުރާރުކޮށް އެ އޮފީހުގައި އެދެމުންދާތީ ކަމަށެވެ. އަދި އެ މައްސަލަ ރިވިއު ކުރަން ހުށަހެޅީ އެއީ އާންމު މަސްލަހަ ދަރަޖައަކަށް ހިމެނިގެންވާ މައްސަލައެއް ކަމަށް ފެންނާތީ ކަމަށެވެ.

ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓަކުން އިއްވާފައިވާ ހުކުމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް އިސްތިއުނާފްކުރަން ހުށަހެޅުމާއި، ގާނޫނު އަސާސީގެ އެންމެހާ ހަމަތަކާއި، ގާނޫނާއި، އެންމެހާ ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމަކީ ޕީޖީގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސް ނަޝީދު މިއަދު ވަނީ ޝަރީއަތުގެ މަޖިލީހުގައި ހުކުމްއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި އެމަނިކުފާނުގެ ސީދާ ދައުރެއް ނޯންނާނެ ކަމަށެވެ.

ރައީސް ނަޝީދުގެ ވަކީލް ހިސާން ހުސެއިން ވަނީ ހުކުމް ބާތިލްކޮށް ދޭން އެދިވަޑައިގެންފަ އެވެ. އޭގެ ސަބަބުތައް ވެސް ހިސާން ވިދާޅުވި އެވެ. އެ ހުކުމް އިއްވާފައިވަނީ ރައީސް ނަޝީދަށް ގާނޫނު އަސާސީއިން ލިބިދޭ ހައްގުތައް ކަށަވަރުކޮށް ނުދީ ކަމަށް ހިސާން ވިދާޅުވި އެވެ. އަދި އެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ވެސް ގާނޫނާ ހިލާފަށްކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ މައްސަލާގައި ވަކި ގޮތެއް ކަނޑައެޅެންދެން އެ ހުކުމް ތަންފީޒުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. އެ ހުކުމާ ގުޅިގެން އެއްވެސް ކަމެއް ތަންފީޒުނުކުރަން އިދާރާތައް ސުޕްރީމް ކޯޓުން އެ އަމުރުގައި އަންގާފައިވެ އެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ދައްޖާލު އަމާ

މި ދައްޖާލު ޖަލުގަ ބައިންދާ!

ބުނަންތޯ

ޑިމޮކްރަސީއަކީ ބާރާއި ނުފޫޒު...

ހަމަ

ނަޝީދު މިނިވަން ކުރުމަށް ގޮވާލަން

ދުރިމި

އެގޭ ތިހުކުން އަންނާނެގޮތް ތިހުކުމް އޮތީ މާކުރިން ލިޔެފަ ނަޝީދުއާއި ހަވާލުކޮއްފަ ސަދޫމްވެސް މިއައްވުރެ ރަނގަޅުވާނެ.

ޙަދަނު

ތިއަށްވުރެ މާގިނަ ދުވަހު މާގިނަ މީހުން ސާބިތުވާވަރު ހެކިނެތި ހައްޔަރުގަ ބާތިއްބާފަ އެބަހުރި މީގެކުރިން. އެފަދަ ކަންކަން ޓެރަރިޒަމަށްވާނެތަ؟ އެހެންވީމަ ސާބިތުނުވާ މައްސަލަތައް ގިނަވެގެން އުޅެނީ.

އަލިބޭ

ހުކުމް ލިޔުނީ ހިސާން ހުސައިން. މިހާރު އެނގޭ ތިޔަ ހުކުމްތައް އަންނާނެ ގޮތް. އިންސާފެއް ލިބޭކަށް ނެތް ދުވަހަކު ވެސް ރާއްޖޭގައި.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910