އިންޑިއާގެ ކޮޗިންގެ ގެސްޓް ހައުސް އެއްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މ. މުލަކު ހުސެއިން ލަތީފް މަރުވެފައި އޮއްވާ ފެނުނީ އޭނާގެ އާއިލާގެ މީހުންނަށެވެ. އާއިލާއިން އޭނާއަށް ގުޅައި އޭނާގެ ހަބަރެއް ނުވެގެން ކޮޓަރިއަށް ވަދެ ބެލިއިރު އޭނާ އޮތީ މަރުވެފަ އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ހުސެން ލަތީފް އިންޑިއާއަށް ގޮސްފައިވަނީ އޭނާގެ އާއިލާގެ މީހަކު އޮޕަރޭޝަނެއް ކުރުމަށެވެ. އޭނާ މަރުވިއިރު އަންބަކާއި ތިން ކުދިން ދުނިޔޭގައި އެބަތިއްބެވެ.
އޭނާ ވަޅުލުމުގެ މަސައްކަތް އާއިލާ އިން މިހާރު ދަނީ ކުރަމުންނެވެ.