މަރު

ގެއެއްގެ ތެރޭ އިންޑިއާ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

Aug 12, 2020

މާލޭގެ ގެއެއްގެ ތެރޭގައި އިންޑިއާ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މާފަންނުގައި ހުރި ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިގެން އެކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު 1:00 ޖަހާ އެހާކަންހާއިރު ކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ އިންޑިއާ މީހެކެވެ.

ފުލުހުން ބުނީ އެ ގެ ހިމެނޭ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.