ހަބަރު

ފުލުހުންގެ ފޮރެންސިކް ޓީމެއް ޕީއެސްއެމްގައި ހަރަކާތްތެރިވަނީ

ބަލަމުންދާ މައްސަލައަކާ ގުޅިގެން ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްގެ ތެރެއަށް ފުލުހުންގެ ފޮރެންސިކް ޓީމަކުން ވަދެއްޖެ އެވެ.

މިއަދު ހެނދުނުން ފެށިގެން ފުލުހުންގެ އެ ޓީމް ޕީއެސްއެމްގެ ތެރޭގައި ހަރަކާތްތެރިވަމުންދާ ކަމަށް ޕީއެސްއެމްގެ އޮފިޝަލަކު ޔަގީންކޮށްދިނެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެ އެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން، ޕީއެސްއެމްގައި ހަރަކާތްތެރިވަނީ ޕީއެސްއެމްގެ އާކައިވްގައި ހުރި ވީޑިއޯތަކެއް ޑިލީޓްކޮށްލާފައިވާ މައްސަލައެއްގަ އެވެ. ޕީއެސްއެމްގެ ސީސީޓީވީ ނިއްވާލައި ހާޑް ޑިސްކް ޑިލީޓްކޮށްލާފައިވާ ކަމަށް ވެސްވެ އެވެ.