ހަބަރު

އެން ހިފަން ފީނި މަސްވެރިއަކު މަރުވެއްޖެ

Dec 7, 2018
2

އެންހިފަން ވެގެން ގދ. އަތޮޅުގެ ފަޅަކަށް ޑައިވް ކުރި ތިން މަސްވެރިންގެ ތެރެއިން އެންމެ ބޮޑަށް ހާލު ބޮޑުވި މީހާ މަރުވެއްޖެ އެވެ.

ތިނަދޫ ހޮސްޕިޓަލްގައި ފަރުވާދެނިކޮށް މަރުވެފައި ވަނީ، ހާލު ބޮޑުވި ތިން މަސްވެރިންގެ ތެރެއިން އަމީތު ސައީދު، 37 އަހަރެވެ. ތިން މަސްވެރިން ވެސް ފީނަމުން ދިޔައީ، ގދ. ކޮނައްޓާ މޯލްޑިވްސް ރިސޯޓް ކައިރީގައި އޮންނަ ތިލައަކަށެވެ. އަދިވެސް ސީރިއަސް ހާލަތެއްގައި އޮތް 24 އަހަރުގެ މީހާ މާލެ ގެނައުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ. އަނެއް މަސްވެރިޔާގެ ހާލު މީހާ ރަނގަޅު ވަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

"ހުޝިޔާރު" ދޯނިން މަހަށް ދިޔަ ހަތަރު މަސްވެރިން ރޭ ފަތިހު އެންނަގަން ފީނައި އެ މީހުން ވަނީ 35 މިނެޓް ވަންދެން 44 މީޓަރު އަޑިއަށް ފީނައިފަ އެވެ. އެހާ ފުނަށް ފީނި ނަމަވެސް އެކަކަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވި އެވެ.