ހަބަރު

އެންދަމަން ފޭބި މީހަކު މަރުވެއްޖެ

އެންދަމަން މޫދަށް ފައިބައި އުޅުނު މަސްވެރިޔަކު މަރުވެއްޖެ އެވެ. މިއަދު މަރުވެފައި ވަނީ ނ. މާޅެންދޫ މާލެ އަތޮޅަށް މަހަށް. ނުކުތް ދޯންޏެއްގައި ހުރި އަބްދުއް ރަޝީދު އުމުރުން 56، އެވެ.

ދޯނީގެ ކެޕްޓަން ޔަހުޔާ ހުސައިން އަވަސް އާއި ވާހަކަ ދައްކަމުން ބުނީ މަރުވި މީހާއަކީ ބޮޑު އެހެން ބައްޔަކަށް ބޭސް ކާ މީހެއް ވެސް ނޫން ކަމަށެވެ. އަދި ބުނީ ހެނދުނު 7:50 ހާއިރު އެމީހާ އެންދަމަން ފޭބީ އިތުރު އެހެން ބަޔަކާއެކު ކަމަށެވެ.

"އެމީހާގެ ފަރާތުން އެއްވެސް އާދަޔާ ހިލާފު ކަމެއް ފާހަގައެއް ނުވޭ. އެކަމަކު މޫދަށް ފޭބިތާ އިރުކޮޅެއް ފަހުން ދޯނީގެ ހުރި އެހެން މީހަކު ބުނީ އޭނައަށް ކޮންމެވެސް ކަމެއް އެބަވެޔޭ. ދެން ދޯނީގެ ތިބި މީހުން އޭނާ ނެގީ." އޭނާ ބުންޏެވެ.

ދޯންޏަށް ނެގި އިރުވެސް ނޭވާލަމުން ދާ ކަމަށާއި ނަމަވެސް މާލެ އާދެވުނު އިރު އޭނާ މަރުވެފައިވާ ކަަމަށް ޔަހުޔާ ބުންޏެވެ. މަރުވި ސަބަބެއް އަދި މިހާތަނަށް އެނގިފައިނުވާ ކަމަށާއި ނަމަވެސް އާއިލާގެ މީހުނާއި ގުޅައިގެން އެކަންކަން ބަލަމުންދާ ކަމަށްވެސް އޭނާ ބުންޏެވެ.