ހަބަރު

ނަޝީދުގެ އަގުވަޒަން ނުކުރުމުން ފާޑުކިޔުން

Dec 12, 2018
12
4 ޑިސެމްބަރު 2018: ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައި، އެކަން ރަސްމީކޮށް އިއުލާން ކުރައްވަން މައްޗަންގޮޅި ކާމިނީ މަގުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މުހައްމަދު އަފްރާހް | އަަވަސް
0%
0%
0%

ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފުލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިކަމަށް ކުރެއްވި ހިދުމަތް ފާހަގަ ނުކުރުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ކޮންމެ އަހަރަކު މޯލްޑިވްސް މީޑިއާ ކައުންސިލް، އެމްއެމްސީއިން ދެމުން ގެންދާ ނޫސްވެރިންގެ އެވޯޑް ހަފުލާއާއެކު، މި އަހަރު ވަނީ ނޫސްވެރިކަމަށް 75 އަހަރު ފުރުން ވެސް ފާހަގަކޮށްފަ އެވެ. އަދި ހިދުމަތްތެރިންގެ އަގު ވަޒަންކޮށްފަ އެވެ.

އެގޮތުން ރާއްޖޭގެ އެންމެ ފާހަގަކޮށްލެވުނު ނޫސްވެރިންނަށް ރަން ގަލަމުގެ ޝަރަފު އަރުވާފައިވެ އެވެ. އަދި އަލިމަސް ގަލަން އެވޯޑާއި އަލިމަސް ޝަރަފުގެ ގަލަން ވެސް ރޭ ވަނީ ދިވެހި ނޫސްވެރިކަމަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅުންނަށް އަރުވާފަ އެވެ. އޭގެ ތެެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ނަމަވެސް ރާއްޖެއަށް ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދިނުމަށް ވަކާލާތު ކުރައްވައި ނޫސްވެރިކަން ވަރަށް ދަތި ހާލުގައި ވެސް ކުރެއްވި ރައީސް ނަޝީދުގެ އަގު ވަޒަންކޮށްފައިނުވާތީ ބައެއް މީހުން ސޯޝަލް މީޑިއާގައި ގެންދަނީ ފާޑުކިޔަމުންނެވެ.

އެގޮތުން ސަން އޮންލައިންގެ އެޑިޓަރު އަހުމަދު ޒާހިރު ވިދާޅުވި ގޮތުގައި ކުޑަނެވި އައްބާސް އާއި މަނަދޫ އަބްދުއް ސައްތާރު އަދި ރައީސް ނަޝީދުގެ އަގު ރޭ ވަޒަންކުރިނަމަ ހަފުލާ އިތުރަށް ފުރިހަމަވެގެން ދިޔައީހެވެ. އަހުމަދު ޒާހިރަށް ރޭ އަލިމަސް ގަލަން ލިބިލެއްވި އެވެ.

ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ އެވޯޑެއް ލިބުނަސް ނުވަތަ ނުލިބުނަސް، ރައީސް ނަޝީދު ރާއްޖޭގެ ނޫސްވެރިކަމަށް ކުރެއްވި ހިދުމަތް ވަރަށް ބޮޑު ކަމަށެވެ. އެކި ދިމާލުން ފިއްތުންތައް ކުރިމަތިވިއިރު ވެސް ނޫސްވެރިކަމުގައި އެމަނިކުފާނު ސާބިތުވެ ހުންނެވި ކަމަށާއި ކޮންޓެންޓް ގޮތުންނާއި ބަހުގެ ގޮތުން ވެސް ދިވެހި ނޫސްވެރިކަމަށް ރައީސް ނަޝީދު ބޮޑު އިންގިލާބެއް ގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

ރޭ އަގު ވަޒަން ކުރި ބޭފުޅުންގެ ތެރޭގައި އެއްވެސް އަންހެން ބޭފުޅަކު ނުހިމެނޭތީ ވެސް ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ. އެގޮތުން ދިވެހިރާއްޖޭގެ އަޑުގައި އެތައް ގިނަ ހިދުމަތްތަކެއް އެތައް އަހަރުތަކެއް ވަންދެން ކުރެއްވި އަންހެން ބޭފުޅުން އެބަ ތިއްބެވި ކަމަށާއި ނަމަވެސް އެއިން ބޭފުޅެއްގެ އަގު ރޭ ވަޒަންކޮށްފައިނުވަނީ ހިތާމައެއް ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

12 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910