ވީނުވީއެއް ނޭގި ގެއްލިގެން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ފްރާންސްގެ އަންހެނަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފަުލުހުން ބުނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ފްރާންސްގެ ރައްޔިތެއް ކަމުގައިވާ ޖީން މަނޮން މޯޓެޓް ހޯދަމުންދާ ކަމަށެވެ.
އޭނާ ހޯދަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، އެމީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން ވަނީ އެ އަންހެން މީހާއާ ބެހޭ މައުލޫމާތެއް އެނގޭނަމަ އެކަން ހިއްސާކުރުމަށް އެދިފަ އެވެ.