މޯލްޑިވްސް ޕޮލިސް ސާވިސް

މާލޭ އޭރިއާއަށް ނެއިބާ ހޫޑް ޕޮލިސް ތައާރަފް ކޮށްފި

މޯލްޑިވްސް ޕޮލިސް ސާވިސްއިން މާލެއަށް ނެއިބާ ހޫޑް ފުލުހުން ތައާރަފް ކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވުހުގެ ތެރޭގައި ފުރިހަމަ ކުރާ ވައުދުތަކުގެ ތެރެއިން މާލޭ އެރިއާއަށް ނެއިބާހުޑް ސަޕޯޓް ސާވިސް ތައާރަފު ކުރީ މިއަދު އެވެ. އެކަމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވެމެއްގައި އެކްޓިން ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވީ، ޕޮލިސް ނެއިބާ ހުޑްގެ ހިިދުމަތް ފުރަތަމަ ދޭނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލެއަށް ކަމަށެވެ. އަދި ވިދާޅުވީ އެ އޭރިއާގައި ސަރަހައްދުތަކުގައި ނެއިބާހުޑް އޮފިސަރެ ގޮތުގައި ކަނޑަ އަޅާނީ، ވަކި ރޭންކަށް ވުރެ ދަށްނުވާ އޮފިސަރެއް ކަމަށެވެ. އެ އޮފިސަރުންގެ ދަށުން މަސައްކަތް ކުރާނީ ސަޕޯޓް ސާވިސްގެ އޮފިސަރުން ކަމަށް ވެސް ވިދާޅުވި އެވެ.

އާ ހިދުމަތް ކުރިއަށްދާނެ ގޮތުގެ މައުލޫމާތު ދެއްވަމުން ހަމީދު ވިދާޅުވީ، މާލޭ، ހުޅުމާލެ އަދި ވިލިމާލޭ ގައި އާ ހިދުމަތް 24 ގަޑިއިރު ދޭނެ ކަމަށާއި، ނަމަވެސް މި ސާވިސް ބޮޑަށް އޮންނާނީ ދުވާލުގެ ވަގުތުތަކުގައި ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މި ހިދުމަތް ބޮޑަށް އަމާޒު ކުރާނީ ޓްރެފިކް ބޮޑު އަދި ކުށްކުުރުން ވެސް ގިނަ ކަމަށް ފާހަގަ ކުރެވިފައިވާ ސަރަހައްދުތަށް ޕެޓްރޯލް ކުރުމަށެވެ. އެ ގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ ރައްޔިތުންގެ ހިޔާލުތައް އެ މުއައްސަސާއަށް ލިބޭނެ އެވެ.

"މި ހިދުމަތާއި އެކު ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ހިދުމަތް ދެވޭނެ" އެކްޓިން ހަމީދު ވިދާޅުވިއެވެ.

އެނާ ވިދާޅުވެފައިވަނީ، ނެއިބާހުޑްއަށް ހުށަހެޅުމުން، މައްސަލަތް ވަގުތުން ރިސާޗް ކޮށް ވަގުތުން ހުށަހެޅޭ މައްސަލައަކަށް ފިޔަވަޅު އެޅިގެންދާނެކަމަ ށެވެ. މީގެ އިތުރުން ނެއިބާ ހޫޑް ފުލުހަށް ހުށަހަޅާ މައްސަލައިގައި ފުުލުހުން އަމަލު ކޮށްފައިވާ ގޮތުގެ ފީޑްބެކް ދިނުމުގެ ގޮތުން "އޮންލައިން" ޕްލެޓް ފޯމެއްވެސް ތައާރަފް ކުރެވިގެންދާނެ ކަމަށެވެ. އަދި ނެއިބާ ހޫޑްގެ ސާވިސް ތައާރަފް ކުރިޔަސް މީގެ ކުރިންވެސް މައްސަލަތް ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތަށް ހުށަހެޅުމުންވެސް މައްސަލަތް ބެލެވިގެންދާނެ ކަމަށެވެ.

ބައްދަލުވުުމުގައި ވާހަކަ ދައްކަވަމުން، ހަމީދު ވިދާޅުވެފައިވަނީ، ފުލުހުންގެ މުވައސަސާއަށް ސިޔާސީ ނުފޫޒު ވަދެފައިވާކަން ގަބޫޅު ކުރާ ކަމަށާއި، ނަމަވެސް އާސަރުކާރާ ގުޅިގެން ފުލުހުންގެ މުވައްސަސާ ރީފޯމް ކުރެވި، ފުލުހުންގެ އޮޕަރޭޝަންތަކަށް ސިޔާސީ ނުފޫޒު ނަވަދޭނެ ގޮތަކަށް ކަންތަށް ބައްޓަން ކުރެވިގެންދާނެކަމަ ށެވެ.