މޯލްޑިވްސް ޕޮލިސް ސާވިސް

ސިޔާސީ ހަރުގެއަކުން ވަގަށް ނެގި ތަކެތި ހޯދައިފި

އައްޑޫ ސިޓީ މަރަދޫ ގައި ހުންނަ ސިޔާސީ އޮފީހަކުން ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހޯދައިފި އެވެ.

މި ވައްކަމުގެ ރިޕޯޓު ފަލުހުންނަށް ރިޕޯޓު ކޮށްފައިވަނީ، މިމަހު 15 ވަނަ ދުވަހު އެވެ. ފުލުހުން ބުނެފައިވަނީ، ހަރުގެއިން ވަގަށް ނަގާފައިވާ، ދެ އޭ.އެމް.ޕީ އާއި ދެ ޕްރޮޖެކްޓަރާއި، ހަތް ރިމޯޓާއި، ކޭބަލްތަކަކާއި އަދި މޮޑަމެއް ފުލުހުން ހޯދާފައިވަނީ ސިޔާސީ ހަރުގެ ހުރި ސަރަހައްދުގައި ހުރި ފަޅުގެއްގެ ތެރެއިންނެވެ.

މިމައްމައްސަލައިގެ ތަހުގީގު އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާއިރު، މި ވައްކަމުގެ ތަހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އަދި އެއީ ކޮން ސިޔާސީ ޕާޓީއެއްގެ ހަރުގެއެއް ކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.