އޮފްބީޓް

ނައިޖީރިޔާ މީހުނަށްވެސް "ކަލް ހޯ ނަ ހޯ" ރީތިވެއްޖެ!

"ކަލް ހޯ ނަ ހޯ"ގައި ފެންނަ ޝާހު އާއި ލަވަ ކިޔައިގެން އުޅޭ ނައިޖީރިއާ މީހުން
0%
0%
0%

ދެހާސް ތިންވަނަ އަހަރު ބެލުންތެރިންގެ މަގުބޫލުކަން ހޯދި އަސަރުގަދަ ފިލްމު "ކަލް ހޯ ނަ ހޯ" ގެ ތީމް ސޯންގް އަދިވެސް ބަޔަކަށް ކަމުދާނެ ހެއްޔެވެ؟ ސޯނު ނިގަމްގެ ހިމަ އަޑުން ކިޔައި ދީފައިވާ މި ލަވަ، ދުނިޔޭގެ މަޝްހޫރުކަން އޭރު ހޯދި އިރު މި ލަވައިގެ ފޭނުން މިއަދުވެސް އެބަ ތިއްބެވެ.

ނައިޖީރިޔާގެ ތިން މީހަކު "ކަލް ހޯ ނަ ހޯ" ލަވަ ކިޔަމުން ކުރި ވީޑިއޯ މިހާރު ދަނީ ސޯޝަލް މީޑިއާގައި ފެތުރެމުންނެވެ. މި ލަވަ ކިޔާ މީހާގެ އަޑު ލަވައިގެ އަސްލު ކިޔާފައިވާ ސޯނު ނިގަމް އާ ވައްތަރު ކަމަށް ބުނަމުން ދާއިރު މި ވީޑިއޯއަށް ވަނީ އަށް މިލިއަނަށްވުރެ ގިނަ ވިއުސް މިހާރު ލިބިފަ އެވެ.

ސޯޝަލް މީޑިއާގައި މި ވީޑިއޯ ދައުރުވަމުން އަންނައިރު ލަވައިގެ އަސްލު ކިޔާފައިވާ ސޯނު ނިގާމްއަށް މި ވީޑިއޯ ފެންނާނެ ކަމަށް އެ މީހުން މިހާރު އުއްމީދު ކުރާނެ އެވެ. ބޮލީވުޑްގެ ލަވަތައް މަޝްހޫރުވެފައިވަނީ ހަމަ އެކަނި އިންޑިއާ ސަރަހައްދުގެ މީހުންނަށް ނޫންކަމާއި، އެފްރިކާގެ ގައުމަކަށް ވިޔަސް އިންޑިއާ ބަސްތައް ކިޔުން ފަރިތަ ވެފައި ފަށުވި ކަމަށް މި ވީޑިއޯ އިން އެނގެ އެވެ.

މި ލަވައަކީ 2003 ވަނަ އަހަރު ބޮލީވުޑްގައި އެންމެ ވައިގައި ހިފި އެއް ލަވަ އެވެ. އަދި މި ފިލްމުގެ ތަރިން، ޝާހުރުކްހާން ޕްރިތީ އަދި ސައިފް ދެއްކި ހުނަރުވެރި އެކްޓިންއަށް ވަނީ އެތައް ވަނަ އެއްވެސް ލިބިފަ އެވެ. މި ލަވައަށް އަހަރުތަކެއް ވިޔަސް، ލަވައިގެ އަސަރުގައި އަދިވެސް ބަޔަކު ވަނީ ޖެހިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345