ވިޔަފާރި

އެންމެ ބޮޑު ހާޑްވެއާ ފިހާރަ ސޮނީ ހާޑްވެއާއިން ހުޅުވައިފި

ރާއްޖޭގެ އެންމެ ބޮޑު ހާޑްވެއާ ފިހާރަ ސޮނީ ހާޑްވެއާ އިން ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ.

ހުޅުމާލޭގައި ހުޅުވި ސޮނީ ހާޑްވެއާ ފިހާރަ ހުންނަނީ ހުޅުމާލޭގެ މައި މަގު ކަމަށްވާ ނިރޮޅުމަގު ލޮޓް ނަމްބަރު 11503 ގަ އެވެ.

ސޮނީ ހާޑްވެއާ އިން ބުނީ ފަސް ފަންގިފިލާއަށް ހަދާފައިވާ މި ފިހާރާގައި ހާރޑްވެއާ ސާމާނުގެ އިތުރުން ބަދިގެ ސާމާނާއި ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ ސާމާނާ އަލަށް ތައާރަފް ކުރާ ބްރޭންޑެއް ކަމަށްވާ ހަޔާ ބްރޭންޑްގެ ހޯމް އެޕްލަޔަންސް ހިމެނޭ ކަމަށެވެ.

ސޮނީ ހާޑްވެއާ ހުޅުމާލެ ފިހާރައިން ލިބެން ހުރި އިތުރު ބާވަތްތަކުގެ ތެރޭގައި ލައިޓިން އާއި މަސްވެރިކަމަށް ހާއްސަ ސާމާނާއި ސާފު ކުރުމަށް ބޭނުންކުރާ ސާމާނު އަދި ޕަވާ ޓޫލްސް، ކެޕަރޯލް ކުލަޔާ ދަވާދު، ތަށިމުށްޓާއި ސެނިޓަރީވެއާ ހިމެނޭ ގޮތަށް ޔޫރަޕްގެ އަދި އެމެރިކާގެ ނަންމަސްހޫރު ބްރޭންޑްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބެންހުންނާނެ އެވެ.

މި ފިހާރާ ހުޅުވިފައި ހުންނާނީ ހެނދުނު 09:30 އިން މެންދުރު 12:00 އަދި 14:00 އިން 21:00 އަށެވެ.

މީގެ އިތުރުން މި ފިހާރައިން ހާޑްވެއާ ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި ގެދޮރުޒީނަތްތެރިކުރުމަށް ބޭނުން ކުރާ ދުނިޔޭގެ މަސްޙޫރު ބްރޭންޑްތަށް ރާއްޖޭގައި ވިއްކުމާއި ސާރވިސް ދިނުމުގައި ކަސްޓަމަރުންގެ އިތުބާރު ހޯދައިފައިވާ ކުންފުންޏެކެވެ.

"ސޮނީ ހާޑްވެއާ"އަކީ 1970 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވިޔަފާރި ކުރަމުން ގެންދާ ކުންފުންޏެކެވެ. "ޔުއާ ފޭވަރިޓް ހާޑްވެއާ ސްޓޯރު" ގެ ސްލޯގަންގައި ވިޔަފާރިކުރާ ސޮނީ ހާޑްވެއާގެ ހަތް ފިހާރައެއް ހިންގަމުންދެ އެވެ.