ވިޔަފާރި

ޓޫރިޒަމް ދާއިރާގެ އައުޓްސްޓޭންޑިން ޕަފޯމަންސް އެވޯޑް ގައިސަރަށް

ޕެރަޑައިސް އައިލެންޑް ރިސޯޓް 27، ޑިސެމްބަރު: މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގާލާގައި މިނިސްޓަރު އަލީ (ވ) ގައި ގައިސަރަށް އެވޯޑު އަރުވަނީ- އަހުމަދު ޝުރާއު | އަވަސް
100%
0%
0%

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ރިކޮގްނިޝަން ފޯ އައުޓްސްޓޭންޑިންގް ޕަފޯމަންސް އިން ޓްރެވަލް އިންޑަސްޓްރީ ގައިސަރު ނަސީމަށް ލިބިއްޖެ އެވެ.

ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގްރޫޕު ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމަށް މި އެވޯޑު ހަވާލު ކޮށްފައި ވަނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ކުލަގަދަ ހަފުލާއެއްގަ އެވެ. މި ވޯޑު ގައިސަރަށް ލިބިވަޑައިގަތީ ޓޫރިޒަމް ސިނާއަތަށް ކޮށް ދެއްވާފައިވާ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ. އެވޯޑު ހަވާލު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ.

ގައިސަރަށް މީގެ ކުރިން ވެސް ވަނީ ޓޫރިޒަމް ދާއިރާގެ ގިނަ އެވޯޑުތަކެއް ލިބި ވަޑައިގެންފަ އެވެ. އޭގެ އެންމެ ހާއްސަ އެވޯޑަކީ މި ސަރަހައްދުގެ އެންމެ ރަނގަޅު ޖީއެމްގެ އެވޯޑެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑުގައި ވަކިވަކި ފަރުދުންނަށް ހާއްސަކޮށް ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ "ޕީޕަލްސް އެޑިޝަން" ގެ އެވޯޑުތައް ވެސް ރޭ ދީފައިވެ އެވެ. އެވޯޑުތައް ލިބިފައިވަނީ އަމިއްލަފުށި އަދި ފިނޮޅު ރިސޯޓު މެނޭޖުކުރާ ކުންފުނި ދަ ސްމޯލް މޯލްޑިވްސް ކުންފުނީގެ ސީއީއޯ މާކް ހެހިއާ އާއި ވަން އެންޑް އޮންލީ ރީތި ރަށުގެ އެއާޕޯޓް މެނޭޖަރު ހުސެއިން ވަހީދު އަށެވެ. މީގެ އިތުރުން މި އެވޯޑު ލިބިވަޑައިގެންފައިވަނީ ހައިރައިސް ކުންފުނީގެ އެއް ފައުންޑަރު އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) އަށެވެ. އަދި ވިޒްޓާ ކޮމްޕެނީގެ ވެރިޔާ އަލީ އަހުމަދު (އަލިބެ) އަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރަޝީދު ދ

އިނާމުގެ ޝަރަފު ވެރިކަންވެސް ކެނޑިއްޖެ.. އިނާމު ދޭންހުރީ "ޚިޔާނާތް ތެރި ކޮރޮޕްޓެޑް އަދި އަގުވެއްޓިފައިވާ" މީހަކަށްވުމުން.. މިކަހަލަ މީހުން ތަންތަނުގެ ޝަރަފުވެރިން ގެ ގޮތުގައި ބާއިތިއްބާ ތީ މައްސަލަޔަކީ..! އާންމު މިންގަނޑުން އެއީ ގޯސް މީހެއްކަމަށް ލޭބަލް ކުރެވޭ މީހުން މިފަދަ ކަންކަމުން ދުުރުކުރުން މީގެ އެއް މެ ރަގަޅު ގޮތަކީ..!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345