ބޮލީވުޑް

ބިގްބޮސް 12 ކާމިޔާބު ކުރީ ދީޕިކާ!

ކަލާސް އިން ކޮންމެ އަހަރަކު ގެނެސްދޭ ރިއަލިޓީ ޝޯ ބިގްބޮސް ސީޒަން 12 ދީޕިކާ ކައްކަރު ކާމިޔާބު ކޮށްފި އެވެ.

ޓީވީ ތަކުން މަގުބޫލުކަން ހޯދާފައިވާ ދީޕިކާ ކައްކަރު ކާމިޔާބު ހޯދީ މުޅި ސީޒަންގައި ވެސް ދީޕިކާއާ އެންމެ ގާތް ގުޅުމެއް ބޭއްވި ސްރީސަންތު އާއެކު ފައިނަލްގައި ވާދަ ކޮށްގެންނެވެ. ދީޕިކާ އާއި ސްރީސަންތު ފައިނަލިސްޓުންގެ ގޮތުގައި ހިމެނުނު އިރު، ޓޮޕް ފައިވްގައި ހިމެނުނީ ރޮމިލް ޗޯދުރީ، ކަރަންވީރު އަދި ދީޕަކް ތާކުރް އެވެ.

ޝޯގެ ޓޮޕް ތިނެގައި ހިމެނުނީ، ދީޕިކާ އާއި ސްރީސަންތު އަދި ދީޕަކް އެވެ. އަދި ކޮންމެ އަހަރަކު ވެސް އޮންނަ ގޮތުގެ މަތިން، ތިން ފައިނަލިސްޓުންނަށް 20 ލައްކަ ރުޕީސް އާއެކު އަމިއްލަ އަށް ޝޯ ދޫކޮށް ދިއުމުގެ ފުރުސަތު ހުޅުވާލެވުނެވެ. މި ފުރުސަތުގެ ބޭނުން ހިފައި ދީޕަކް ވަނީ 20 ލައްކަ ރުޕީސް އާއެކު ފައިނަލުން އަމިއްލަ އަށް ވަކިވެފަ އެވެ.

ޝޯގެ ތިންވަނަ ދީޕަކް ހޯދުމުން، މި ޝޯ ގަވައިދުން ބެލި ގިނަ ފަރާތްތައް ވަނީ މި ފަހަރުގެ ސީޒަން ކާމިޔާބު ކުރާނީ ސްރީސަންތު ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް، ދީޕިކާއަށް ފަހުރުވެރި އެއްވަނަ ލިބި މި އަހަރުގެ 30 ލައްކަ ރުޕީސްގެ ހަގީގީ ހައްގުވެރިޔަކީ އޭނާއަށްވި އެވެ.

ފިލްމީ ތަރި ސަލްމާން ޚާން ހޯސްޓުކުރާ މި ޝޯ އަކީ، ފަރަންސޭސި ވިލާތުގެ ޝޯ އެއް ކަމަށްވާ "ބިގް ބަރަދާ" ގެ ކޮންސެޕްޓަށް ބިނާކޮށް ހަދާފައިވާ ރިއާލިޓީ ޝޯ އެކެވެ. މިއަހަރުގެ ފިނާލޭ ނިންމާލާފައިވަނީ ފޯރިގަދަ ހުށަހެޅުންތަކުންނެވެ.