ހަބަރު

ގއ. މާމެންދޫގައި އެކްސިޑެންޓެއްވެ މީހަކު މަރުވެއްޖެ

Dec 31, 2018
2

ގއ. މާމެންދޫގައި އެކްސިޑެންޓެއްވެ، މިރޭ ޒުވާނަކު މަރުވެއްޖެ އެވެ. ދެ ސައިކަލް ޖެހިގެން މިރޭ 8:15 އެހާކަންހާއިރު ހިނގި އެކްސިޑެންޓްގައި ޒުވާނަކު މަރުވި އިރު އިތުރު ތިން ޒުވާނަކު ވަނީ ޒަހަމްވެފަ އެވެ.

އެކްސިޑެންޓަށްފަހު މަރުވީ ގއ. ވިލިނގިލީގެ ޒުވާނެކެވެ. އެއީ އެ ރަށު ރިޔާޒް، އުމުރުން 32 އަހަރުގެ އަފްޒަލް ޔާސިރެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު އިރުވެސް އޮތީ މަރުވެފައެވެ. އެކްސިޑެންޓްގައި ދެން އަނިޔާވި މީހުންގެ ހާލުވެސް ސީރިއަސް އެވެ.

މަރުވި އަފްޒަލް އަކީ ވިލިނގިލީ ބޮޑުބެރު ގްރޫޕްގައި ހިމެނޭ މެންބަރެކެވެ. އޭނާ މަރުވީ ބޮޑު ބެރު ޝޯއެއް ދިނުމަށް މާމަންދޫއަށް ގޮސް އުޅުމުގެ ތެރޭގަ އެވެ.