ވިޔަފާރި

އުރީދޫ އެމްފައިސާއިން ބައެއް ފްރެންޗައިޒްތަކުގެ ޑިސްކައުންޓް

އުރީދޫ އެމް- ފައިސާ އިން ފައިސާ ދެއްކުމުން ބާގަ ކިންގާއި ދަ ކޮފީ ކްލަބް އަދި ޕިއްޒާ ކޮމްޕެނީ އިން 15 ޕަސެންޓުގެ ޑިސްކައުންޓްދޭން ނިންމައިފި އެވެ.

އުރީދޫން ބުނީ އުރީދޫ މޯލްޑިވްސް އަދި މައިނަ ފުޑް މޯލްޑިވްސް ގުޅިގެން މައިނާ ފުޑް އައުޓްލެޓްތަކުން އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތައާރަފުކޮށްފައިވާ ކަމަށެވެ. މިއާއެކު އެމްފައިސާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދަ ޕިއްޒާ ކޮމްޕެނީ، ދަ ކޮފީ ކްލަބް އަދި ބާގަރ ކިންގްގެ ބިލުތަކަށް އެމްފައިސާ ވޮލެޓް މެދުވެރިކޮށް ފައިސާ ދައްކާލެވޭނެއެވެ. އަދި ވަރަށް ކައިރި މުސްތަގްބަލެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މައިނަ ފުޑް އައުޓްލެޓް ތަކުންވެސް މި ހިދުމަތް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫން ބުނީ އެ ކުންފުންޏާއި މައިނާ ގްރޫޕް ގުޅިގެން މި ތައާރަފްކުރި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ހިދުމަތް ލިބިގަތުމުގެ މަގު ފަހިވެ، ކުރިމަގުގައި އިތުރު ފައިދާތައް ލިބުމުގެ މަގު ތަނަވަސް ވެގެންދާނެ ކަމަށެވެ.

މި ޚިދުމަތް ތަޢާރަފް ކުރެވުމާ ގުޅިގެން ހާއްސަ އޮފާއެއްގެ ގޮތުގައި މައިނަރ ފުޑް އައުޓްލެޓްތަކުގެ ބިލުން އެމްފައިސާ ކަސްޓަމަރުންނަށް 15 ޕަސެންޓުގެ ޑިސްކައުންޓް ލިބޭއިރު، އެމްފައިސާ އެޕު ޑައުންލޯޑު ކުރެއްވުމަށްފަހު "ސްމާޓްޕޭ" އޮޕްޝަން މެދުވެރިކޮށް ފައިސާ ދެއްކެވުމުން މި ޑިސްކައުންޓު ލިބިގެންދާނެ އެވެ.

މައިނަ ފުޑް ގްރޫޕުން މާލެ، އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބައިނަލްއަޤްވާމީ 5 ފުޑް ޗެއިން އޮޕަރޭޓްކުރަމުންގެން ދެއެވެ. މީގެ ތެރޭގައި ދަ ޕިއްޒާ ކޮމްޕެނީ ދަ ކޮފީ ކްލަބް އާއި ބާގަ ކިންގް އަދި ތައި އެކްސްޕްރެސް އަދި ޑެއިރީ ކުއީން ހިމެނެ އެވެ.