ހަބަރު

އެތެރޭގެ އުދުހުންތަކުގެ އަގު 25-30 ޕަސެންޓަށް ހެޔޮކޮށްފި

Jan 2, 2019
36

ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު 25-30 ޕަސެންޓާ ދެމެދުގެ އަދަދަކަށް ހެޔޮކޮށްފި އެވެ. އެ އަގުތައް މިހާރު ވަނީ ގައުމީ އެއާލައިނުން އިއުލާންކޮށްފަ އެވެ. މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެޔޮކުރި އަގުތަކަށް އަމަލު ކުރަން ފަށާނެ އެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ، 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ތިރީގައި މި ވަނީ އަގުތައް ކުޑަކުރުމާ އެކު، އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންއިން ދަތުކުރާ މަންޒިލްތަކުގެ ދެކޮޅު ޓިކެޓްގެ އަގުތަކެވެ؛

މާލެ - ގަން - މާލެ 1،698 ރުފިޔާ އާއި 2،598 ރުފިޔާއާ ދެމެދު
މާލެ - ފުވައްމުލަށް - މާލެ 1،698 ރުފިޔާ އާއި 2،598 ރުފިޔާއާ ދެމެދު
މާލެ - ހަނިމާދޫ - މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާ ދެމެދު
މާލެ - އިފުރު - މާލެ 1،500 ރުފިޔާ އާއި 2،056 ރުފިޔާއާ ދެމެދު
މާލެ - ދަރަވަންދޫ - މާލެ 1،098 ރުފިޔާ އާއި 1،562 ރުފިޔާއާ ދެމެދު
މާލެ - ކުޑަހުވަދޫ - މާލެ 1،500 ރުފިޔާ އާއި 2،056 ރުފިޔާއާ ދެމެދު
މާލެ - ތިމަރަފުށި - މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާއާ ދެމެދު
މާލެ - ކައްދޫ - މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާއާ ދެމެދު
މާލެ- ކޫއްޑޫ - މާލެ 1،652 ރުފިޔާ އާއި 2،442 ރުފިޔާއާ ދެމެދު
މާލެ - ކާޑެއްދޫ - މާލެ 1،652 ރުފިޔާ އާއި 2،442 ރުފިޔާއާ ދެމެދު

މޯލްޑިވިއަން އިން އެތެރޭގެ އުދުހުންތަކަށް ނަގާ އަގު ބޮޑުވުމަކީ އަބަދުވެސް އޮންނަނީ ބޮޑު ޝަކުވާއަކަށް ވެފަ އެވެ. ހެޔޮ އަގުތައް އިއުލާން ކުރުމާ ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަންގެ، އެމްޑީ މުހައްމަދު ރިޒްވީ ވިދާޅުވީ މިހާރު ޓިކެޓްގެ އަގުތައް ކަނޑައެޅި ގޮތުން ކުރިއަށް ވުރެ ބޮޑުތަން ހެޔޮވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އާ އަގުތަކަކީ ބޮޑު އަގުތަކެއް ކަމަށް ބުނުމުގެ ފުރުސަތު މިހާރަކު ނޯންނާނެ އެވެ.

މޯލްޑިވިއަންއިން އަގުތައް ހަމަޖެއްސި ގޮތުން އެއްކޮޅު ޓިކެޓެއްގެ އަގު ވަރަށް ބޮޑުތަނުން ހެޔޮވާނެ އެވެ. މި އަގުތަކުގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ވެސް ދަތުރު ކުރެވޭނެ އެވެ. ތަފްސީލް އަންނަނީ...