ހއ. ދިއްދޫގައި ފުލުހުންގެ ނެއިބަހުޑް ޕޮލިސް ގާއިމް ކުރަން އެރަށު ކައުންސިލާއެކު ފުލުހުން މަޝްވަރާ ކޮށްފި އެވެ.
މި ބައްދަލުވުމުގައި ފުލުހުންވަނީ ކުށްމަދު އަމާން ރަށެއްގެ ގޮތުގައި ދިއްދޫ ބާއްވަން ފުލުހުންނާ ކައުންސިލާ ގުޅިގެން ކުރެވޭނެ މަަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.
ނެއިބަހޫޑް ފުލުހުންނަކީ ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުމުގެ ބޭނުމުގައި ފުލުހުން ތައާރަފް ކޮށްފައިވާ ހިދުމަތެކެވެ. މި ހިދުމަތް މިހާރު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދެއެވެ.