މާފުށީ ޖަލު

ޖަލުގައި މާރާމާރީ ހިންގައި ގައިދީއަކު ޒަހަމްކޮށްލި މައްސަލަ ބަލަނީ

މާފުށި ޖަލުގައި މާރަމާރި އެއް ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި ދެ ގައިދީއަކު ޖަލުގައި މާރާމާރި ހިންގާފައިވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން އެވެ. ފުލުހުންގެ މީޑިއާ އޮފިސަރު "އަވަސް" އަށް ވިދާޅުވީ، ޖަލުގައި މާރާމާރި ހިންގި ކަމަށް ރިޕޯޓް ކޮށްފައިވަނީ ހަވީރު 6:00 އެހާކަންހާއިރު ކަމަށެވެ. ފުލުހުން ބުނީ، މާރާމާރީގެ ތަފްސީލު އަދި ދެވެން ނެތް ކަމަށެވެ.

ކަރެކްޝަން ސާވިސްގެ ބަހެއް މިކަމުގައި ނުލިބުނެވެ. މާފުށި ޖަލުގައި މީގެ ކުރިންވެސް މާރާމާރި ހިންގާފައިވެ އެވެ. އަދި ބައެއް ގައިދީން ހުކުމް ތަންފީޒު ކުރަނިކޮށް މަރުވަމުންދާ މައްސަލަތްވެސް ވަނީ މިދިޔަ އަހަރު ވަރަށް ބޮޑަށް ފެންމަތި ވެފައެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖަލުތަށް އޮޑިޓް ކުރުމުށް އުފެއްދި ކޮމިޝަނުން ވެސް މީގެ ކުރިން ބުނެފައިވަނީ، އެންމެ ބޮނޑު ކަންބޮޑު ވުމަކީ ޖަލު ތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން މަރުވަމުންދާ އަދަދު މަތިވުން ކަމަށެވެ.