މޯލްޑިވްސް ޕޮލިސް ސާވިސް

ބުޅާ މަރާ މައްސަލަތައް ސީރިއަސް ބަލާނަން: ފުލުހުން

މާލޭގައި އުޅޭ ބުޅާތަކަށް ހަމަލާދީ އަނިޔާވެރިކޮށް މަރާމުންދާ މައްސަލަތައް ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭގެ ވަގުތެއްގައި ކުރި ޓުވީޓެއްގައި ބުނީ މާލޭގައި ބުޅާ މަރަމުންދާ މައްސަލަތް ބަލައިދިނުމަތް އެދި ފުލުހުންގެ މުއައްސަސާއަށް މިރޭ ބަޔަކު ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށާއި އެކަން ސީރިޔަސްކޮށް ބަލަމުން އަންނަ ކަމަށެވެ. ޕެޓިޝަން ހުށަހެޅި މީހުންގެ ތެރޭގައި ލަވަކިޔުތންތެރިޔާ މީރާ ވެސް ހިމެނެ އެވެ.

މާލޭ ގައި ބުޅާ އެންމެ ގިނައިން މަރަމުންދަނީ ސެންޓްރަލް ޗަމްޕާ ހޮޓަލް ކައިރިން ކަމަށް މިކަން ކުށްވެރިކޮށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުން އަންނަ ފަރާތަކުން ވަނީ ބުނެފަ އެވެ.
\
ގާނޫނުގައިވާ ގޮތުން ޖަނަވާރުންނަށް އަނިޔާ ކުރުމަކީ އެއް މަހާއި ހަ މަހުގެ ޖަލުން ހުކުމެއް އަންނަށް ވަރުގެ ކަމެކެވެ.

ބުޅާ މަރަމުންދާ މައްސަލައިގައި ހައްލެއް ހޯދަން ސޮސައިޓީ އޮފް މޯލްޑިވްސް އާއި މާލޭ ސިޓީ ކައުންސިލް ވަނީ މިދިޔަ ހޮނިހިރު ދުވަހު މަޝްވަރާވެސް ކޮށްފަ އެވެ.