ހަބަރު

ޕާކުކޮށްފައި އޮތް ޓެކްސީއެއްގައި ސައިކަލެއް ޖެހި މީހަކަށް އަނިޔާވެއްޖެ

މާލޭގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޕާކުކޮށްފައިވާ ޓެކްސީއެއްގައި ޖެހި ޒުވާނަކަށް އަނިޔާވެއްޖެ އެވެ.

ސިނާއީ ސަރަހައްދުގައި ޕާކުކޮށްފައިވާ ޓެކްސީއެއްގައި ސައިކަލެއް ޖެހިފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގައި ސައިކަލު ދުއްވަން އިން އުމުރުން 21 އަހަރުގެ ޒުވާނަކަށް ވަނީ އަނިޔާވެފަ އެވެ. އޭނާއަށް އައިޖީއެމްއެޗް އިން އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ފުލުހުން ބުނީ މާލޭގައި މިއަދު ހިނގި އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ ހާދިސާގައި ސައިކަލު ޖެހުނީ ކާރުގެ ކުރީ ބަފަރުގަ އެވެ. އަދި ކާރަށް ގެއްލުންވެފައިވާ އިރު ސައިކަލުގެ ކުރީބައި ވެސް އޮތީ އެއޮކޮށް ފުނޑުފުނޑުވެފަ އެވެ.