ވިޔަފާރި

އުރީދޫއިން ދެ ލައްކަ ރުފިޔާގެ އަގު ހުރި އިނާމު ލިބޭ ޕްރޮމޯޝަނެއް

މަގުބޫލު ގޭމެއް ކަމަށްވާ "ހޭންގް މޭން" އަށް ބިނާކޮށް "ގެސް ދަ ވާޑް" ގެ ނަމުގައި އެސްއެމްއެސް މެދުވެރިކޮށް ކުޅޭ ވަރަށް ފޯރިގަދަ މުބާރާތެއް އުރީދޫއިން މިއަދު ފަށައިފި އެވެ.

މި ގޭމް ކުޅެ، އެންމެ މޮޅު ސްކޯ ހޯދާ ބައިވެރިންނަށް އުރީދޫ އިން ވަނީ ޑޭޓާ ޕެކޭޖް، ސްމާޓް ފޯނު އަދި މެކްބުކް އެއާ ހިމެނޭ ގޮތަށް ދެ ލައްކަ ރުފިޔާގެ އަގުހުރި އިނާމު ހުށައަޅާފަ އެވެ.

މި ޕްރޮމޯޝަންގައި ދޭ އިނާމުތަކުގެ ތެރޭގައި ދުވަހުގެ ޓޮޕް ސްކޯރާ (1.25 ޖީބީ ޑޭޓާ) އާއި ކޮންމެ 15 ދުވަހެއްގެ ޓޮޕް ސްކޯރާ (އައިފޯން އެކްސް) އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (މެކްބުކް އެއާ) އެއް ލިބެ އެވެ. މީގެ އިތުރުން މުޅި މުބާރާތުގެ ދެވަނައަށް މޮޅު ކުޅުންތެރިޔާ (ސެމްސަންގް ގެލެކްސީ ނޯޓް 9) އަދި މުޅި މުބާރާތުގެ ތިންވަނަ އަށް މޮޅު ކުޅުންތެރިޔާ އަށް (އެޕަލް ވޮޗް) އެއް ދޭނެ އެވެ.

"ގެސް ދަ ވާޑް" ކުޅުންތެރިންގެ އަމާޒަކަށްވާނީ ތަފާތު އެކި ލަފްޒުތައް ދިމާކޮށް ފަސް ލެވެލް އަކަށް ބެހިފައިވާ މި ގޭމުން އެންމެ ގިނަ ޕޮއިންޓް ހޯދުމެވެ. މިގޮތުން، މަތީ ލެވަލްތަކުގެ ލަފްޒުތައް އުނދަގޫވެފައި، ލިބޭ ޕޮއިންޓުތައް އިތުރުވެގެން ދާނެއެވެ. 10 ޖަނަވަރީ 2019 އިން 10 އެޕްރީލް 2019 އަށް ކުރި އަށް ދާ މި މުބާރާތުގައި ބައިވެރިވުމަށް، “GO” ޖެއްސެވުމަށް ފަހު 4646 އަށް އެސްއެމްއެސް ކުރަށްވާށެވެ.

އުރީދޫ އިން އަބަދު ވެސް މަސައްކަތް ކުރަމުންދާނީ ކަސްޓަމަރުންނަށް ކަމުދާނެ ހިދުމަތްތަކާއި ޕްރޮމޯޝަންތައް ގެނެސްދިނުމަށެވެ. "ގެސް ދަ ވާޑް" ޕްރޮމޯޝަން އާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، www.ooredoo.mv އަށް ނުވަތަ މައި އުރީދޫ އެޕް، އުރީދޫ ނެކްސްޓް، އަދި އުރީދޫގެ ސޯޝަލް ޗެނަލްތައް ފަދަ އެ ކުންފުނީގެ ކޮންމެ ޑިޖިޓަލް ޓަޗްޕޮއިންޓެއް ވެސް މެދުވެރިކޮށް އުރީދޫގެ ޓީމާއި ގުޅާލައްވާށެވެ.