މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުމާލޭގައި ޒުވާނަކު މަރުވި މައްސަލައެއް ފުލުހުން ބަލަނީ

ހުޅުމާލޭގައި ޒުވާނަކު މަރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. މި މައްސަލަ ފުލުހަށް ހުށަހެޅީ ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުންނެވެ.

ރޭ މަރުވެފައިވަނީ ހުޅުމާލޭ މުރަކަ 7، އާއިޝަތު ވިޝާމާ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ޓްރީ ޓޮޕުން އެ މައްސަލަ ފުލުހަށް ހުށަހެޅީ ހެނދުނު 9:30 ހާއިރު އެވެ. އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ.

ހަތާވީސް އަހަރުގެ ވިޝާމާ ރޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ނެތެވެ.

އޭނާގެ ޖަނާޒާ މިރޭ މަޣްރިބު ނަމާދަށްފަހު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.