ހަބަރު

ކުރީގެ އެކްޓިން ސީޕީ ނަވާޒު ޖޭޕީއާ ގުޅިވަޑައިގެންފި

ފުލުހުންގެ ކުރީގެ އެކްޓިން ކޮމިޝަނަރު އަބްދުﷲ ނަވާޒް ޖުމްހޫރީ ޕާޓީ، ޖޭޕީއާ މިރޭ ގުޅިވަޑައިގެންފި އެވެ.

ޖޭޕީގެ މައި އޮފީސް، މ. ކުނޫޒުގައި މިރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ނަވާޒް އެ ޕާޓީއާ ގުޅިވަޑައިގަތް ކަމުގެ ފޯމްއާ ހަވާލުކޮށްފައިވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމެވެ.

ނަވާޒަކީ ފުލުހުންގެ އިސް މަގާމްތައް އަދާ ކުރައްވި ބޭފުޅެކެވެ. އަދި އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ފުލުހުންގެ އެކްޓިން ޕޮލިސް ކޮމިޝަނަރުކަން ވެސް އޭނާއާ އަދާ ކުރެއްވި އެވެ. ނަމަވެސް ފަހުން އެ މަގާމުން ވަކި ކުރައްވާ އެންވާރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަކަށް ނަވާޒު ބަދަލުކުރި އެވެ.

ފެބްރުއަރީ އެކެއްގެ އަމުރު ނެރުމަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރު ދެމެހެއްޓުމަށާއި އަމުރާ ދެކޮޅަށް ފުލުހުންގެ ފަރާތުން އިސްކޮށް ވާހަކަދައްކާފައިވަނީ ނަވާޒެވެ. އޭގެ ފަހުން އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައިވެ އެވެ.