މޯލްޑިވްސް ޕޮލިސް ސާވިސް

ހުއިފިލަނޑާ ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފި

ރ. ރަސްމާދޫ ކައިރިއަށް ހުއިފިލަނޑާ ނަގަން ފޭބި މީހަކު ގެއްލިގެން ސިފައިންނާއި ފުލުހުން އެ މީހާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ހުއިފިލަނޑާ ނަގަން މޫދަށް ފޭބުމަށްފަހު، ދެގަނޑި އިރުވީއިރުވެސް ހަބަރެއް ނުވެގެން ހޯދަމުން ދަނީ ރ. ދުވާފަރު ފެންހިޔާގެ 22 އަހަރުގެ އަބްދުﷲ އާދަމް އެވެ. އޭނާ މޫދަށް ފައިބާފައިވަނީ މިއަދު ހެދުނު 8:45 ހާއިރު ކަމަށްވެ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ މޫދަށް ފޭބިފަހުން މައްޗަށް ނާރައިގެން، އޭނާ ދިޔަ ދޯނީގައި ތިބި މީހުން ދުވާފަރު ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވަނީ ހެނދުނު 10:25 ހާއިރު ކަމަށެވެ. އަދި ފުލުހުން އެކަން އެމްއެންޑީއެފްގެ ސަމާލުކަމަށް ގެނެސްފައިވަނީ ހެދުނު 10:30ގަ އެވެ.

ފުލުހުންގެ ލޯންޗު ބޭނުންކޮށްގެން އަބްދުﷲ އާދަމް ގެއްލުނު ސަރަހައްދު މިހާރު ބަލަމުންދާއިރު އެމްއެންޑީއެފް އިންވެސް ދަނީ އެސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ. ފުލުހުން ބުނީ، އެމީހާ ގެއްލެން ދިމާވި ސަބަބު އަދި ނޭނގޭ ކަމަށެވެ. އަދި ގެއްލިގެން ހޯދަމުންދާ މީހާގެ ހިލަމެއް އަދި ނުވެ އެވެ.