ހަބަރު

ގެނބިގެން ޓޫރިސްޓުން މަރުވާތީ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި

Jan 16, 2019
5

ރާއްޖެއަށް އަންނަ ޓޫރިސްޓުން ގެނބިގެން މަރުވާ ހާދިސާތައް އިތުރުވަމުންދާތީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ރައީސް މައުމޫންގެ ކަންބޮޑުވުން ފާޅު ކުރެއްވީ މިއަދު ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ކޮރެއާގެ އުމުރުން 66 އަހަރުގެ މީހަކު ގެނބިގެން މަރުވެފައި ވަނިކޮށެވެ.

ރައީސް މައުމޫން ވިދާޅުވީ ރިސޯޓްތަކުގެ މެނޭޖްމެންޓްތަކުންނާއި ޓޫރިޒަމް މިނިސްޓްރީން ގުޅިގެން ރާއްޖެ އަންނަ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މިއަދު އުމުރުން ދުވަސްވީ ޓޫރިސްޓަކު މަރުވެފައިވާއިރު މިދިޔަ ހަފުތާގެ ތެރޭގައި ކ. ދިއްފުށީގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފިލިޕީންސްގެ ދެމަފިރިއަކު ވެސް ވަނީ ގެނބިގެން މަރުވެފަ އެވެ. ޒުވާން އެ ދެމަފިރިންގެ ހަށިގަނޑު ދިވެހި ސަރުކާރުގެ ހަރަދުގައި ވަނީ އެގައުމަށް ފޮނުވާލާފަ އެވެ.