އެކްސިޑެންޓް

އެކްސިޑެންޓެއްވެ އަނިޔާވި މީހަކަށް ފަރުވާދެނީ

މާލޭގެ މަސް މާރުކޭޓް ސަރަހައްދުގައި މިއަދު ނުރައްކާތެރި އެކސްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.

މިއަދު ހެދުނު 7:00 ޖެހިއިރު މި އެކްސިޑެންޓް ހިނގީ ދުއްވަމުން ދިޔަ ސައިކަލެއް އެ ސަރަހައްދުގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގައި ޖެހިގެނެވެ. އެކްސިޑެންޓުގައި އަނިޔާވި މީހާ ނެގި އިރު ވިންދު ނުޖަހާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށުމުން މިހާރު ވިންދު ޖަހަމުން އަންނަ ކަމަށާއި އިތުރު ތަފްސީލު ފަހުން އާންމު ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަނިޔާވީ ސައިކަލްގައި އިން މީހާއަށް ކަމެއް އަދި އެ ސަރަހައްދުގައި ހުރި މީހަކަށް ކަމެއް ވެސް ސާފެއް ނުވެއެވެ.