މޯލްޑިވްސް ޕޮލިސް ސާވިސް

މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ރޭގެ ވަގުތެއްގައި ހިންގި މާރަމާރިއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ ރޭގެ ވަގުތެއްގައި ހިގި މާރަމާރިއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ދީފައެއްނުވެ އެވެ.

ރޭ ދަންވަރު މާލޭގެ ކާނިވާ ސަރަހައްދުން 12:05 ގައި މާރާމާރީ ހިނގައި 17 އަހަރުގެ ކުއްޖަކަށް ހަމަލާ ދިނުމުގެ ސަބަބުން އޭނާ ޒަހަމްވެފައިވާތީ އޭޑިކޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. އެ ކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށްވެ އެވެ.